ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާޕްލާންޓްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެތަނުގައި 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރު ބަހައްޓާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
05 ޑިސެމްބަރ 2017
ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާޕްލާންޓްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެތަނުގައި 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރު ބަހައްޓާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ މައި ކުންފުނިން ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ އެންމެ ބޮޑު މި މަޝްރޫއުގައި ގެންނަ ޖަނަރޭޓަރުތައް އަންނަ އަހަރު ކުރީކޮޅު ބަހައްޓައި ނިމޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެއް އަހަރާ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި ތަރައްގީކުރާ ޕަވާ ޕްލާންޓްގައި ޖަނަރޭޓަރުތައް ބަހައްޓާ ތަނުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: ސްޓެލްކޯ
އެ ކުންފުނިން ބުނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 1.2 ބިލިއަން ރުފިޔާގެ، ފަސްވަނަ ޕަވާ ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ޖެނެރޭޝަން ފެސިލިޓީ އާއި ފިއުލް ފާމްގެ އިތުރުން ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ބަހައްޓާ ހުރިހާ ޖެނެރޭޓަރެއްގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޕަވަ ހައުސް އާއި ކޮންޓްރޯލް ފެސިލިޓީގެ އިމާރާތަށް ބޭނުންވާ ދަގަނޑު އެ ސައިޓަށް ގެނެސްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި ތަރައްގީކުރާ ޕަވާ ޕްލާންޓްގެ މަސައްކަތްކުރިޔަށް ގެންދަނީ. ފޮޓޯ: ސްޓެލްކޯ
ތެޔޮ އަޅަން ބޭނުންކުރާ ޕަންޕުތައް ބަހައްޓާ އިމާރާތާއި ލޮނު ފެން ނަގަން ބޭނުންކުރާ ޕަމްޕު ބަހައްޓާ ތަނާއި މެއިންޓަނަންސް ވޯކުޝޮޕް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ މަޝްރޫއުގެ ދަށުން ދެވަނަ ތެޔޮ ތާނގީ ބަހައްޓާ ތަނުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ މަސައްކަތް ވެސް ކުރިޔަށް ދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭ އިންޖީނުގޭގެ މަސައްކަތް އަންނަ މަހު ނިމޭނެ
މާލެ-ހުޅުމާލެ ދެމެދު ކޭބަލް އަޅާ އަގު 567 މިލިއަން
ހުޅުމާލޭގައި ހަދާ އިންޖީނުގޭގެ ބިންގާ އަޅައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި
މާލެ/ހުޅުމާލެއިން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ
މާލެއިން މާދަމާ ހެނދުނު 6-7އަށް ކަރަންޓު ކަނޑަނީ
ސްޓެލްކޯގެ ޓްރާސްފޯމަރުތަކަކަށް ގެއްލުން ދީފި