Roadha Mihaaru
ޕެންޝަން ފަންޑުގެ އިދާރީ ފީ ކުޑަކުރަނީ

ޕެންޝަން ފަންޑުގެ އިދާރީ ފީ ކުޑަކުރަނީ

06 ޑިސެމްބަރ 2017

މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) ގައި ބައިވެރިވުމަށް ނަގާ އިދާރީ ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) ގައި ބައިވެރިވުމަށް ނަގާ އިދާރީ ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.

ޕެންޝަން އޮފީހުން ނަގާ އެޑްމިނިސްޓްރޭޓިވް ފީ އަކީ ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދާއި އެ ސްކީމް ތަރައްގީ ކުރަން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ޕެންޝަން ސްކީމްގެ ބައިވެރިންގެ އަތުން ނަގާ ފީ އެކެވެ.

އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި މިހާރު ނަގަނީ ޕެންޝަން ފަންޑުގައި އެ މީހެއްގެ ރިޓަޔާމެންޓް ސޭވިން އެކައުންޓުގައި ހުރި ޖުމްލަ އަދަދުގެ 0.8 ޕަސެންޓެވެ.

ޕެންޝަން އޮފީހުން ބުނިގޮތުގައި އެ ފީ ކުޑަކޮށް، އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނަގަން ނިންމާފައިވަނީ 0.6 ޕަސެންޓެވެ. އެއީ ކޮންމެ އަހަރަކު މުރާޖާ ކުރަމުންދާ ފީއަކަށް ވާތީ ކުރިއަށް އޮތް ތަނުގައި ވެސް އެ ފީ އަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެ ފީ ވަނީ ކުޑަކޮށްފަ އެވެ.

ޕެންޝަން ސްކީމް ގާއިމް ކުރުމާ އެކު 2010 އިން ފެށިގެން 2014 އަށް އިދާރީ ފީ ގެ ގޮތުގައި ނެގީ އެއް ޕަސެންޓެވެ. އަދި 2015 އާއި 2016 އާ ހަމައަށް ނެގީ 0.9 ޕަސެންޓެވެ. އެންމެ ފަހުން އެ ފީ ކުޑަކުރީ މި އަހަރުގެ ކުރީކޮޅު އެވެ.