12 ޑިސެމްބަރ 2017
ޕެސިފިކް ކަނޑުގައި އޮންނަ އަލިފާން ފަރުބަދައެއް ގޮވައިގެން އުފެނު ރަށެއްގެ އާދަޔާ ޚިލާފް ސިފަތަކާ އެކު ސައިންސްވެރިންގެ ދިރާސާތަކުގެ އަމާޒަކަށް އެތަން ވެއްޖެ އެވެ.
ޕެސިފިކް ކަނޑުގައި އޮންނަ އަލިފާން ފަރުބަދައެއް ގޮވައިގެން އުފެނު ރަށެއްގެ އާދަޔާ ޚިލާފް ސިފަތަކާ އެކު ސައިންސްވެރިންގެ ދިރާސާތަކުގެ އަމާޒަކަށް އެތަން ވެއްޖެ އެވެ.
އަލިފާން ފަރުބަދައިގެ ރަށެއް ކަމަށްވާ ހުންޔާ ޓޮންޔާ ހުންޔާ ހައާޕާއީ ގޮވާފައި ވަނީ 2015 ވަނަ އަހަރު އެވެ. އެ ގޮވުމުގެ ސަބަބުން އުފެދުނު ރަށުގެ ސިފަޔާއި ބައްޓަމަށް ރާޅުގެ ސަބަބުން އަންނަނީ އެކި ބަދަލުތައް އަންނަމުންނެވެ.
މި އަންނަ ބަދަލުތައް ދެނެގަތުމަކީ މާސް ޕްލެނެޓްގެ ދިރާސާތަކަށް މުހިންމު ހޯދުންތަކަކަށް ވާނެ ކަމަށް ސައިންސްވެރިން ދެކެ އެވެ. ސައިންސްވެރިން ދެކޭ ގޮތުގައި މިއީ މާސްގައި އެންމެ ކުރިން ފެން ހުރި ގޮތާއި އޭގެ ފަހުން އެތަނަށް އައި ބަދަލުތަކާ ދާދި އެއްގޮތަކަށް ހިނގަމުންދާ ކަމެކެވެ. އެހެންކަމަށްވާ ނަމަ ރަށްތައް އުފެދުމާއި އެތަނުގައިވާ ދިރުންތަކާ ބެހޭ ގޮތުން މުހިންމު ކަންތައްތަކެއް، މި އަލަށް އުފެދުނު ރަށުން ހޯދިދާނެ އެވެ.
ސައިންސްވެރިންގެ ސަމާލުކަން ހުއްޓިފައިވާ ރަށް އުފެދުނީ ޕެސިފިކް ކަނޑުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ކަނޑު އަޑީގައިވާ 1.3 ކިލޯމީޓަރުގެ އުސް ހުންޔާ އަލިފާން ފަރުބަދަ ގޮވުމުންނެވެ. މިފަދަ ގޮތަކަށް 1963 އާއި 1967 އާ ދެމެދު ނޯތު އެޓްލާންޓިކް ކަނޑުގައި ވެސް ރަށެއް އުފެދުނެވެ. މިގޮތަށް ރަށް އުފެދެނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ނިކުންނަ ދިޔާ އަލިފާން ކަނޑުގެ ލޮނުގަނޑުގައި ޖެހުމުން އުފެދޭ ވަރުގަދަ ގޮވުންތަކާ އެކު އަޅި އާއި ހިލަކޮޅުތައް ބުރައިގެން ގޮސް ކަނޑުގެ އަޑީގައި ފުނިޖެހިގެންނެވެ. އަލަށް މިފަހަރު އުފެދުނު ރަށުގައި، މިގޮތަށް ފުނިޖެހުނު ހިލަ އާއި އަޅީގެ އުސްމިނުގައި 100 މީޓަރު އުސްމިން ހުއްޓެވެ.
އެކަމަކު ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ރަށް ދެމި އޮތުމަކީ ވާނެ ކަމެއް ނޫނެވެ. ރާޅާއި ތޫފާނުގެ ސަބަބުން އެ ހިލަ ފުނި ރޫޅި ރަށް އަޑިއަށް ހިނގައިދާނެ ކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ. ނަމަވެސް އެކަމަށް އަދި އެތައް އަހަރެއް ހޭދަވާނެތީ ސައިންސްވެރިން ގެންދަނީ ސެޓެލައިޓް ފޮޓޯ އާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން، އެ ރަށަށް އަންނަ ހުރިހާ ބަދަލެއް ބަލަމުންނެވެ. އެހެންވެ މިއީ މުހިންމު ހޯދުންތަކެއްގެ އަސްލަކަށް ވާނެ ރަށެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ސުނާމީގައި ފުރާނާ ސަލާމަތްވީ އަށް ފަހަރު "ގެނބިފައި"
ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި
ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް
ހިނި ވެސް ކިރު އުފައްދާކަން އެނގުނީ އަދި ކިރިޔާ
އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވަނީ
ދިރާސާގައި ބޭނުންކުރި ބޯޓުން ތެލުގެ ފައިސާ ދައްކައިފި
"ބޯޓަށް ތެޔޮގަތުމުގެ މުއާމަލާތެއްގައި ބައިވެރިނުވަން"
500 މީޓަރު އަޑިން ދިރުންތަކުން ފުރިގެންވާ މާހައުލެއް
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑީގެ ބޮޑު ފަރުބަދަ!