އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އިއްޔެ ވަކިކުރި ހަސަން އަލީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އިއްޔެ ވަކިކުރި ހަސަން އަލީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމަކަށް ގާނޫނީ ވަކީލް ހަސަން އައްޔަން ކުރެއްވުމުގެ ކުރިން، އޭނާ ވަނީ މިހާތަނަށް ސަރުކާރުގައި ތިން މަގާމެއް ފުރުއްވައިފަ އެވެ. އެއީ މި އަހަރުގެ މޭ 25 އިން ފެށިގެން އަދާކުރެއްވި، އާސަންދައިގެ އެމްޑީގެ މަގާމުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދި ހައުސިން މިނިސްޓަރުގެ ނައިބުކަމެވެ. އެހެންކަމުން މިއީ އޭނާ ސަރުކާރުގައި އަދާކުރައްވާ ހަތަރުވަނަ މަގާމެވެ.
އާސަންދަގެ އެމްޑީގެ މަގާމު ކުޑަދުވަސްކޮޅަކަށް އަދާކުރެއްވުނުތަނާ އެތަނުން ހަސަން ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ. އާސަންދަގެ އެމްޑީ ކަމުން ހަސަން އިއްޔެ ވަކިކުރުމަށް ފަހު އެ މަގާމަށް އަދިއެއް ބޭފުޅަކު ހަމަައެއް ނުޖައްސަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ހަސަން އައްޔަން ކުރެއްވުމާއެކު، އެ މިނިސްޓްރީގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އަދަދު ހަތަކަށް އެރީ އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ހަތް ސީނިއާ ޕޮލިސީ އެގްޒެކެޓިވުންގެ އިތުރުން ހަތަރު ސްޓޭޓް މިނިސްޓަރުންނާއި ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ.
ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ ރައީސް ޔާމީންގެ ސަރުކާރުން އަލަށް އުފެއްދި މަގާމެއް ނަމަވެސް އެއީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. ހަމައެކަނި ބަދަލަކީ ސީނިއާ ޕޮލިސީ އެގްޒެކެޓިވުންނަކީ އެ މިނިސްޓްރީއެއްގެ ދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި އެ ބޭފުޅުން ހަރަކާތްތެރިވުމެވެ.
ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު މިނިސްޓްރީތަކަށް ހަމަޖެއްސުމާއެކު، ބައެއް މިނިސްޓްރީތަކުގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން އެ މަގާމަށް އައްޔަން ކުރައްވާފައިވެ އެވެ. ނަމަވެސް މުސާރަ އާއި އިނާޔަތަށް ބަދަލެއް ނާންނަ ކަމަށް ވެ އެވެ.
އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
އާސަންދައިގެ އެމްޑީއަކަށް އައްޒާމް
އާސަންދައިގެ އެމްޑީއަކަށް އަޒީމް އައްޔަންކޮށްފި
އާސަންދައިގެ އެމްޑީ ހަސަން މަގާމުން ވަކިކޮށްފި
އާސަންދައިގެ އެމްޑީ މައުމޫން ހައުސިންއަށް ބަދަލުކޮށްފި
އާސަންދަ ކޭސް ޕްރޮސެސިން ޑިޕާޓްމެންޓު އުވާލަނީ
މިދިޔަ އަހަރު އާސަންދައަށް 2.1 ބިލިއަން ހޭދަކުރި
ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން