13 ޑިސެމްބަރ 2017
މި އަހަރު ބޭއްވި "ދިރާގު މޯލްޑިވްސް ރޯޑު ރޭސް" އިން ލިބުނު 352،010ރ. އެ ދުވުމާ ގުޅުނު ޖަމިއްޔާތަކާ މިއަދު ހަދިޔާކޮށްފި އެވެ.
މި އަހަރު ބޭއްވި "ދިރާގު މޯލްޑިވްސް ރޯޑު ރޭސް" އިން ލިބުނު 352،010ރ. އެ ދުވުމާ ގުޅުނު ޖަމިއްޔާތަކާ މިއަދު ހަދިޔާކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ފައިސާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ އިސްބޭފުޅުންނެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭހުގެ މި އަހަރުގެ އިވެންޓުގައި ނުވަ ޖަމިއްޔާ އަކުން ބައިވެރިވިއިރު، އެ ޖަމިއްޔާތަކަށް ފައިސާ ކަނޑައެޅީ އެއްވަރަކަށް ބަހާލައިގެން ކަމަށް ދިރާގުން ބުންޏެވެ.
މިދިޔަ މަހުގެ ބޭއްވި މި އަހަރުގެ، ދިރާގު ރޯޑް ރޭހުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
- އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް): 56،890ރ.
- ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަން: 16،890ރ.
- ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް): 56،890ރ.
- ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް): 16،890ރ.
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޑީޕީ): 56،890ރ.
- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ): 56،890ރ.
- މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް): 16،890ރ.
- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ): 16،890ރ.
- ޓައިނީ ހާޓްސް އޮފް މޯލްޑިވްސް 56،890ރ.
މިއީ ރޯޑް ރޭހުގެ ބިބް ދޫކުރިއިރު، ޓީޝާޓް ވިއްކައިގެން ލިބުނު ފައިސާ އެވެ. ޓީޝާޓް ދޫކޮށްފައި ވަނީ މަދުވެގެން 50ރ. ހަދިޔާކުރި މީހުންނަށެވެ. މީގެ އިތުރުން ދުވުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް ޖަމިއްޔާ އަކަށް ދިރާގުން ވަނީ 200،000ރ. ދީފަ އެވެ.
މި އަހަރުގެ ރޯޑް ރޭހުން ލިބުނު ފައިސާ އެމްއޭޑީޕީއާ ހަވާލު ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މިދިޔަ މަހުގެ 24 ގައި ހުޅުމާލޭގައި ބޭއްވި މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ މަގުބޫލު އެއް ހަރަކާތުގެ މި އަހަރުގެ ޝިއާރަކީ "ރަން ފޯ ކޯސް "ނުވަތަ ކަމަކަށް އެހީތެރިވުމެވެ.
ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ބިބް، ޓީޝާޓް ދޫކުރަނީ
48 ގަޑިއިރު، ދިރާގު ރޭހުގެ 50 ޕަސެންޓް ފުލް
ދިރާގު މޯލްޑިވްސް ރޯޑު ރޭހަށް ފުރުސަތު ހުޅުވާލައިފި
ރޯޑް ރޭހުން ޖަމްއިއްޔާތަކަށް ހަ ލައްކަ ރުފިޔާ!
ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް އިނާމު ދީފި
ދިރާގު ރޯޑް ރޭސް މާދަމާ އޮންނާނެ
ދިރާގު ރޭހަށް ހުޅުމާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
ރޯޑް ރޭހުގެ އޮފީސް/ރިސޯޓް ކެޓަގަރީއަށް ރެޖިސްޓްރީކުރަނީ
ދިރާގު ރޯޑް ރޭހުގެ ވަނަތަކަށް އިނާމު ދީފި
27 ގައުމަކާ އެކު ދިރާގު ރޯޑް ރޭހުގެ ތަރުހީބު ބޮޑު