މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ކަމަށާއި އެއީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދެކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ކަމަށާއި އެއީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމުގައި ގުޅުން ބަދަހިކުރުމާއި އެމްއޯޔޫތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ.
މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރުކަން ރައީސް އޮފީހުން ފާހަގަކުރެ އެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.
މެލޭޝިއާގެ ފޮރިން މިިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޮޑުވަޒީރު ނަޖީބް ރާއްޖެއަށް ވަޑައިގަންނަވާނީ، އަންނަ އާދީއްތަ ދުވަހު ސްރީ ލަންކާއަށް ވަޑައިގެން އެ ގައުމުގައި ދެ ދުވަސް ހޭދަކުރެއްވުމަށް ފަހު ކަމަށެވެ.
ބޮޑުވަޒީރު ނަޖީބް ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ އަހަރު ނަޖީބް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2014 ވަނަ އަހަރު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ވެސް ވަނީ ރައީސް ޔާމީންގެ ދައުވަތަކަށް ނަޖީބް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޔާމީން މެލޭޝިއާ އަށް ވަޑައިގަތީ، އެ ގައުމުގެ ވެރިކަން ކުރާ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތަށެވެ.
އަދި އޭގެ ކުރިން، މިދިޔަ އަހަރުގެ މޭ މަހު ވެސް ރައީސް ވަނީ މެލޭޝިއާ އަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން މެލޭޝިއާ އަށް ވަޑައިގަތީ، އެ ގައުމުގައި ބޭއްވި "ޕަމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" ގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ދެ ދަތުރުފުޅުގައި ވެސް ރައީސް ޔާމީން ވަނީ މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބާ ބައްދަލުކުރައްވައިފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ގުޅުން ބަދަހިވެ، ފުރުސަތުތައް ވަނީ ލިބިފައި: ނަޖީބު
މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް
ރާއްޖެ-މެލޭޝިއާ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރާނަން: ނަޖީބު
ރައީސް މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ ބައްދަލުވުމަކަށް
ރައީސާއި ނައިބު ރައީސް ރާއްޖެއިން ބޭރުގައި
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި
ދެ ބޭފުޅުން ވެސް އެއް ކަމެއްގައި، މިހާރު މިނިސްޓަރުން