މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ގައުމުން އެއްބާރުލުން ދިނުމާ ގުޅޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވައި ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ސޮއިކުރީ، އެ ގައުމުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ގާއިމު ކުރުމަށާއި ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާއި އަލިފާން ނިއްވުމާ ބެހޭ ތަމްރީން ދިނުން އަދި މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ ގުޅޭ އެއްބަސްވުމެއްގަ އެވެ.
ނަޖީބުގެ ދެކަނބަލުންގެ ޝަރަފުގައި ރައީސް ޔާމީންގެ ދެކަނބަލުން ވަނީ މިއަދު މެންދުރު ދަރުބާރުގޭގައި ޖާފަތެއް ވެސް ދެއްވައިފަ އެވެ. އަދި ބޮޑުވަޒީރުގެ އަނބިކަނބަލުން ވަނީ ހުޅުމާލޭގައި ހުންނަ، ކުޑަކުދިންގެ މަރުކަޒު، ފިޔަވައްޗަށް ވެސް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވައިފަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.
ގުޅުން ބަދަހިވެ، ފުރުސަތުތައް ވަނީ ލިބިފައި: ނަޖީބު
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް
ރާއްޖެ-މެލޭޝިއާ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރާނަން: ނަޖީބު
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ އަންގާރަ ދުވަހު
ދެ ބޭފުޅުން ވެސް އެއް ކަމެއްގައި، މިހާރު މިނިސްޓަރުން
އިދިކޮޅު އިއްތިހާދުގެ ޖަގަހައެއް މެލޭޝިއާގައި ހުޅުވައިފި
ރައީސްގެ ސިޔާސަތަށް ޒުވާނުން ފަހުރުވެރިވާންޖެހޭ: ޝަހީމް
"ކޮރަޕްޝަނާ ދެކޮޅަށް މެލޭޝިއާ ވޯޓު ދިނުމުން އުފާވޭ"