ހދ. ނޮޅިވަރަމްގައި އެންދަމަން ގޮސް އުޅުނު ޒުވާނަކު، ދާ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ހދ. ނޮޅިވަރަމްގައި އެންދަމަން ގޮސް އުޅުނު ޒުވާނަކު، ދާ ނަގަން އުޅުމުގެ ތެރޭގައި ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެ އަތޮޅު އެރިމަރަދޫ ކައިރިއަށް އެންދަމަން ފައިބައިގެން އުޅެނިކޮށް، އެ ރަށު ހިތަށްފިނިވާގޭ އަހުމަދު މުހައްމަދު 21، ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ހަވީރު ފަހެއް ޖަހާކަންހާއިރު ކަމަށެވެ. އޭރު އޭނާ މަރުވި ކަން ޔަގީން ނުވާ ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އޭނާގެ އާއިލާގެ ފަރާތުން ފުރަތަމަ މައުލޫމާތު ލިބުނީ ދާ ގެ ދަށުވެ ގެނބިގެން ކަންފަތުންނާއި ނޭފަތުން ލޭ އައިސްގެން ކުޅުދުއްފުއްޓަށް ގެންދާ ކަމަށް. އޭގެ އިރުކޮޅެއް ފަހުން ޚަބަރު ލިބުނީ މަރުވެއްޖެ ކަމަށް. އޭނާ މަރުވީ ކުޅުދުއްފުއްޓަށް ގެންދިޔަ ފަހުން ކަމެއް ޔަގީނެއް ނޫން،" އަހުމަދު ވިދާޅުވި އެވެ.
ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި މާލޭގައި ކިޔަވަން އުޅުނު އަހުމަދު ޗުއްޓީގައި ރަށަށް ގޮސް، މިއަދު މަހަށް ދިޔައީ ބައެއް ރައްޓެހިންނާ އެކު އެވެ.
"އޭނާއަކީ އަލަށް މަހަށް ދިޔަ ކުއްޖެއް ނޫން. ޗުއްޓީއަށް ރަށަށް އައިސް ސްކޫލްގެ ބައެއް ޓީޗަރުންނާ އެކު ދޯނިން މަހަށް އޭނާ އާއްމުކޮށް ދޭ،" އަހުމަދު ވިދާޅުވި އެވެ.
ކާޕެޓް ރޯލް ދަށުވި ޒުވާނާ އިންޑިއާގައި މަރުވެއްޖެ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގައި އިހުމާލުތައް ގިނަ
ގެއެއްގެ ވައިގޮޅިއަށް "ވެއްޓުނު" މީހަކު މަރުވެއްޖެ
"ދެ މީހަކު މަރުވި ހާދިސާގެ ތަހުގީގު ފަށައިފިން"
ކޮޅުވެއްޓި ބަންޑުންޖަހާލުން: ދިވެހި މީހާ ނިޔާވެެއްޖެ
އިންޓަގެ ކީޕަރުގެ ކާރުންޖެހި 81 އަހަރުގެ މީހަކު މަރު
ކައްދޫ އެކްސިޑެންޓްގެ ތަހުގީގު ނިންމައި ޕީޖީއަށް
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
ދަރިފުޅު ވަކިވުމުން އަޝްފާގެ އަސަރުގަދަ މެސެޖެއް