Roadha Mihaaru
އަންހެން ލީގާއި މުބާރާތުން މޮޅު ކުޅުންތެރިން ހޮވައިފި

އަންހެން ލީގާއި މުބާރާތުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި

21 ޑިސެމްބަރ 2017

"މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

"މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން ފުވައްމުލަކު މިސްކިތްމަގު ޓީމުގެ ފާތިމަތު ޖޫޒަން އާއި އައިމިނަތު އަރީޝާ އާއި ސިލްމާ ޒާހިރު އާއި މަރިޔަމް އަޒީފާ އަދި ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އެވެ.

އެންމެ މޮޅު ޒުވާން އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ގައުމީ ވޮލީބޯޅަ ލީގުން ވާދަކުރަނީ އަރީޝާ އާއި އައިމިނަތު ރިޔާސާ އަދި އައިޝަތު ޝައްނާ އިސްމާއިލެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ޖޫޒަން އާއި ހައްވަ އާއި އަރީޝާ އާއި ސިލްމާ އަދި އަޒީފާ އެވެ. ޒުވާން ކުޅުންތެރިޔާ އަށް ވާދަކުރަނީ އަރީޝާ އާއި ހަމްނާ ހުސައިން އަލިދީދީ އާއި ރިޔާޝާ އަދި ޝައްނާ އެވެ.

މިހާރުގެ ވޮލީބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ވޮލީބޯޅާއިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ވޮލީބޯޅައިގެ އިތުރުން ހިމެނެނީ ފުޓްބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.