ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ނޫޅޭ ކަމަށާއި ދިވެހިންގެ ކަންކަން ރަނގަޅު ކުރާކަށް ދުރު ކަރައަކުން އަންނަ ބޮޑުބޭބެއެއް ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
24 ޑިސެމްބަރ 2017
ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން ނޫޅޭ ކަމަށާއި ދިވެހިންގެ ކަންކަން ރަނގަޅު ކުރާކަށް ދުރު ކަރައަކުން އަންނަ ބޮޑުބޭބެއެއް ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ހެނބަދޫގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ބޭރުން ގާނޫނާ ހިލާފަށް އަންނަ ނުފޫޒުތަކެއް އައުމަކީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ނޫނީ ކުރިމަގު އުޖާލާ ވާނެ ކަމެއް ނޫން ކަމަށެވެ.
މާޅެންދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
"އަޅުގަނޑުމެންނަކީ ދިވެހިން ކަމުގައިވާ ނަމަ، ކަންކަން ނިންމުމުގެ އަޒުމް އަޅުގަނޑުމެންގެ ހުންނަންވާނެ. ކަންތައްތައް ނިންމައިދޭކަށް ފަރަންޖީންނަށް ދައުވަތު ދޭކަށް ގަބޫލު ކުރާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ޑިމޮކްރަސީގެ މަތީގައި ތިބެވޭނީ "އުނު އަންނާނެ" ތަނަވަސްކަމާއި ރައްޔިތުންގެ ޖީބުތައް ފުރިގެން ގޮސް، ކުޑަކުދިންނަށް ތައުލީމުގެ ފުރުސަތު ލިބި، ދަރިވަރުންނަށް މަތީ ތައުލީމު ލިބޭނެ ގޮތް ތަނަވަސްވެގެން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ރައްޔިތުންނަށް ފުރިހަމަވުމުން ނޫނީ ޑިމޮކްރަސީގެ ލަފްޒު އެނގިގެން ނުވާނެ އެވެ. އަދި ސަރުކާރުން އުޅެނީ ނިކަމެތި ރަށްރަށަށް ތަރައްގީ ނުގެނިވެގެން ކަމަށާއި ޑިމޮކްރަސީގެ ވާހަކަ ދައްކަން ވާނީ ތަރައްގީ ގެނެސްފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރާނީ އަޅުގަނޑުމެން. ހުރިހާ ފިކުރެއްގެ ބޭފުޅުން އަޑުއައްސަވާތި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާކަށް އެހެން ބަޔަކު ނާންނާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހެޔޮ އެދޭނީ،" ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ވަގުތު އެންމެ ހެޔޮ އެދޭ މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން، ފެއްސާއި ރަތާއި ހުދުގެ ކަންކަން އެކުލެވޭ ވާހަކަތައް ދައްކާނަމަ، ކަންފަތް ވަރަށް ތޫނުވާނެ އެވެ.
އެކަމަކު ވަކި ތަނެއްގައި މުޒާހަރާ ނުކުރެވޭ ވާހަކަ ދައްކާނަމަ، ނުވަތަ ވަކި މީހަކު ބަންދުގައި ހުރެގެން އޭނައާ ދޭތެރޭގައި ލުއި ގޮތެއް ނުވާ ވާހަކަ ދައްކާނަމަ، އެ މަނިކުފާނުގެ "ކަންފަތުން ޖެހޭނީ ވަރަށް ފުލަށް ދަންދެން މަޑު ނަގަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މާޅެންދޫ ބަޔަކާ މިއަދު ސަލާމް ކުރައްވަނީ. - ފޮޓޯ: ހައުސިން މިނިސްޓްރީ
ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ގިނަ ބަޔަކު ބޭނުންވަނީ ރަށްރަށަށް ބޭނުންވެފައި ހުރި ވަސީލަތްތައް ފުރިހަމަވެގެން ދިއުމަށާއި ކުދިންނަށް ބޭނުންވާ ތަރުބިއްޔަތު ލިބުމަށާއި ކުޑަކުދިން ކުޅޭނެ ތަންތަން އިތުރުވެގެން ދިއުމަށް ކަމަށެވެ. އަދި ދިވެހިންގެ ހާލަތު ބަދަލު ކުރެވޭނީ ދިވެހިންނަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރާނީ އަޅުގަނޑުމެން. ހުރިހާ ފިކުރެއްގެ ބޭފުޅުން އަޑުއައްސަވާތި އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރާކަށް އެހެން ބަޔަކު ނާންނާނެ. އަޅުގަނޑުމެން، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ހެޔޮ އެދޭނީ. އެހެންވީމަ އަޅުގަނޑުމެން ހެޔޮ އެދިގެން ކުރާ މަސައްކަތުގެ މައްޗަށް ﷲ ތައުފީގާއި ނަސްރު މިންވަރު ކުރައްވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 78 ރަށުގައި ބޮޑު ބަނދަރެއް ހަދައި ނިންމާލީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގަ އެވެ. އަދި އުންމީދާ އެކީގައި ކުރިއަށް ދާން މަސައްކަތް ކުރަން ބޭނުންނަމަ، ފާގަތި ވެއްޓެއް ރާއްޖޭގައި ތަރައްގީ ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ސުލްހަވެރިކަމާއި ގާނޫނަށް ލޯބިކުރާ ބަޔަކަށް ވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނ. ހެނބަދޫ ނަރުދަމާ ނިޒާމު ގާއިމު ކޮށްދެނީ، ޗަމްޕާ ބްރަދާސްގެ ފަރާތުން އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.
މާފަރު އެއާޕޯޓަކީ 60 މިލިއަން ޑޮލަރުގެ ހަދިޔާއެއް
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް
ހިދުމަތުގައި ވެވުނު މިންވަރަކުން ދެމިހުންނާނަން: ރައީސް
ކައްޕިއެއް ގޮތަށް ހުންނާނަން، ނުދެވޭ ހިސާބެއް ނޫޅޭނެ
އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް
ރައީސް ޔާމީންގެ އުންމީދުތައް މާ ކުރީގައި
ފުވައްމުލަކު 1 ބިލިއަންގެ މަޝްރޫއު ނުއެއް ފެނޭ: ޝާހު