މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް، ރާއްޖޭގެ ކުރީގެ ރައީސުންނަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ބ. ކެންދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
25 ޑިސެމްބަރ 2017
މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް، ރާއްޖޭގެ ކުރީގެ ރައީސުންނަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ބ. ކެންދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން އަޅާ ބްރިޖުގެ ގިނަ މަސައްކަތްތައް ނިންމާފައިވާއިރު، ބްރިޖް ހުޅުވަން ޝެޑިއުލްކޮށްފައި ވަނީ ޖުލައި، 26، 2018 ގަ އެވެ.
އުތުރުގެ ތިން އަތޮޅަށް ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކެންދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާއިރު، ތަރައްގީ އަށް ހިންގާ މަޝްރޫއުތައް ނުފެންނަ ކަމަށެވެ. ކެންދޫގައި ބަނދަރު ހެދުން ފަދަ މަސައްކަތަކީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ކަމަށާއި ރަށްރަށަށް ވަޑައިގެން ބައްލަވައިފި ނަމަ ބަނދަރާއި ފުޓްސެލް ދަނޑު ފަދަ ތަންތަން ނުފެންނަ ކަމަށް އެއްވެސް ލީޑަރަކަށް ވިދާޅުނުވެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"މި ހުރިހާ ސިޔާސީ ލީޑަރުންނަށް [ތަރައްގީގެ މަޝްރޫއުތައް] ފެނިވަޑައިގަތުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދާ ހަމައަށް ދާއިރު ބްރިޖް ހުޅުވާއިރު ތިޔަ ހުރިހާ ސިޔާސީ ލީޑަރުން، ކުރީގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވާނަން ބްރިޖަށް ވަޑައިގެން އަޅުގަނޑާ އެކީގައި ބްރިޖް ހުޅުވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އެ ދުވަހު އަޅުގަނޑު، އަޑުއަހަން ބޭނުންވާނެ އެ ބޭބޭފުޅުންގެ އަރިހުން އެ ބޭފުޅުންނަށް އެ ބްރިޖް ފެނިވަޑައިގެންނެވިތޯ؟."
ރައީސް ޔާމީން، ކެންދު އަށް ވަޑައިގެން ތުއްތު ކުއްޖަކާ މިއަދު ވާހަކަފުޅު ދައްކަވާލައްވަނީ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރަށްރަށުގައި ނިންމަމުންދާ މަޝްރޫއުތަކުގެ ތަފްސީލު ސިޔާސީ ލީޑަރުންނަށް ރައްޔިތުން ދޭން އެބަޖެހެ އެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ބަޖެޓަށް ވޯޓު ނުދެއްވަނީ ރައްޔިތުން ބޭނުންވާ ކަންކަމާ މެދު ވިސްނަވާފައިތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް ވޯޓު ނުދެއްވަނީ، ބަޖެޓު ކަމުނުދާތީ ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއީ ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން ބޭނުން ނުވާތީ ކަމަށާއި އެހެން ނޫން ނަމަ، ބަޖެޓުގައި ހުރި ކަންކަން އިސްލާހުކޮށްގެން ނަމަވެސް ވޯޓު ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބްރިޖު ދަތުރަށް ފަހު ރައީސްގެ ބަސް: ސަހަރޯއޭ ހީވި!
ޝާހިދުގެ މިސާލު ބަސްތަކުން ސަރުކާރަށް މަލާމާތް!
ބަޖެޓުގައި ރައްޔިތުން ހަމަހަމަ ކުރާނަން: ފައިސަލް
ބްރިޖަކީ އިގްތިސާދީ އާދޮރާއްޓެއް، ތަރައްގީގެ ކާމިޔާބެއް
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ތަރައްގީގެ ނަމުގައި އިބޫ ވައްކަމެއް ނުކުރާނެ: ޝާހިދު
މާލެ އާއި ހުޅުލެ ބްރިޖުން ގުޅާލައިފި: ރައީސް ޔާމީން
މެމްބަރު ޔާމީންގެ ބްރިޖު ދަތުރު، "ނިމެނީ"
ރައީސްގެ ހަމަލާތަކެއް ޑރ. ޝަހީދާއި އެމްޑީޕީ އަށް
ސަފީރުން ރަށްރަށަށް ވަޑައިގެން ޚާރިޖީ ވާހަކަ ނުދެއްކޭނެ