Roadha Mihaaru
އާ އަހަރު ޝޯގައި ނިވާކަން ކުޑަހެދުން ލާފައިވާތީ މާފަށް

އާ އަހަރު ފާހަގަކުރި ޝޯގައި ނިވާކަން ކުޑަ ހެދުން ލާފައިވާތީ މާފަށް އެދެފި

02 ޖެނުއަރީ 2018

އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި އިއްޔެ ރޭ ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަހެދުންތަކެއް ލައިގެން ނަށާފައިވާތީ، އެ ޝޯ އިންތިޒާމް ކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު މައާފަށް އެދިއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާ އަހަރު ފާހަގަ ކުރުމަށް އަލިމަސް ކާނިވަލުގައި އިއްޔެ ރޭ ބޭއްވި ޝޯގެ ނެށުމެއްގައި އަންހެނުންތަކެއް ނިވައިކަން ކުޑަހެދުންތަކެއް ލައިގެން ނަށާފައިވާތީ، އެ ޝޯ އިންތިޒާމް ކުރި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު މައާފަށް އެދިއްޖެ އެވެ.

ޕީއެސްއެމުން ލައިވް ކުރި އެ ޝޯގައި ނިވައިކަން ކުޑަ ހެދުން ލައިގެން ނެށުމުން ސޯޝަލް މީޑިއާގައި ފާޑު ކިޔުންތައް އިތުރުވެފައި ވަނިކޮށް އެމްއައިޓީޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މީހުން ހެދުން އަޅާފައިވަނީ އެ ފަދަ ހަރަކާތެއްގައި ބޭނުން ކުރަން އެންމެ އެކަށީގެންވާ ފަދަ ގޮތަކަށް ނޫން ކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ.

އަދި އެ ކަމަށް މައާފަށް އެދުމުގެ އިތުރުން، ކުރިމަގުގައި އެ ތަނުން އިންތިޒާމް ކުރާ ހަރަކާތްތައް، ރާއްޖޭގެ ސަގާފަތާއި ރިވެތި އުސޫލު އަދި އާއްމު އިޖްތިމާއީ މިންގަނޑާ އެއްގޮތަށް ކުރިއަށް ގެންދަން ސަމާލުކަން ދޭނެ ކަމަށް ބުނެފައި ވެ އެވެ.

އާ އަހަރު ފާހަގަކުރަން އިއްޔެ ރޭ ބޭއްވި ޝޯ ގިނަ ބަޔަކު ބަލަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ އަހަރު ފާހަގަކުރަން އިއްޔެ ރޭ ބޭއްވި ޝޯ ގިނަ ބަޔަކު ބަލަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ގިނަ އަދަދެއްގެ ބަޔަކު ބެލި އެ ޝޯގައި ނެށުންތައް ހުށަހަޅައިދީފައިވަނީ އިނގިރޭސި ވިލާތުގައި ގާއިމްވެފައިވާ ބޮލީވުޑް ޑާންސް ގުރޫޕް، ބޮލީ ސްލޭކްސް އިންނެވެ. އެ މީހުން ލައިގެން ތިބީ ބަނޑާއި ފައި ވަރަށް ބޮޑަށް ފެންނަ ކުރު ހެދުމެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ވެސް ބެއްލެވި އެ ޝޯގައި ނެށުން ހުށަހަޅައިދިން އެ ގުރޫޕުން ލާފައިވާ ހެދުންތަކާ މެދު ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ މީހުން ބުނާ ގޮތުން މިއީ 100 ޕަސެންޓް އިސްލާމީ ގައުމަކުން ފެނިގެން ނުވާނެ މަންޒަރެކެވެ. އަދި އެ ފަދަ މަންޒަރުތަކުގެ ސަބަބުން އާއިލާއާއެކު ޝޯ ބެލުން އެކަށީގެން ނުވާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

މިކަން ކުށްވެރި ކުރައްވައި، ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފަ އެވެ.