Roadha Mihaaru
ގުދުސް އަކީ ވިއްކާ ބިމެއް ނޫން: އައްބާސް

ޓްރަމްޕް ބިރު ދެއްކިއަސް ގުދުސް އަކީ ވިއްކާ ބިމެއް ނޫން: އައްބާސް

03 ޖެނުއަރީ 2018

ގުދުސް (ޖެނުއަރީ 3) - ފަލަސްތީނަށް ދޭ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރު ދެއްކެވި ނަމަވެސް ގުދުސް އަކީ ވިއްކާ ބިމެއް ނޫން ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (ޖެނުއަރީ 3) - ފަލަސްތީނަށް ދޭ އެހީ ކަނޑާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރު ދެއްކެވި ނަމަވެސް ގުދުސް އަކީ ވިއްކާ ބިމެއް ނޫން ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

"ގުދުސް އަކީ ފަލަސްތީނުގެ ކުރިމަގުގެ ދައުލަތުގެ ވެރިރަށް. އެއީ ރަނަށް ނުވަތަ ބިލިއަން ޑޮލަރުގެ ފައިސާ އަށް ވިއްކާ ރަށެއް ނޫން،" ރައީސް އައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ އޭއެފްޕީ އަށް ވިދާޅުވި އެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު 6 ވަނަ ދުވަހު އިއުލާން ކުރެއްވުމާ އެކު ރައީސް އައްބާސް ވިދާޅުވެފައި ވަނީ ސުލްހައިގެ މަސައްކަތުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ދައުރު އެމެރިކާ އަށް ގެއްލިއްޖެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ އެހީ ފަލަސްތީނަށް ދޭ އިރު ވެސް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށެވެ. އެމެރިކާގެ ބަޖެޓް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރު ވަނީ އެހީގެ ގޮތުގައި ފަލަސްތީނަށް 319 މިލިއަން ޑޮލަރު ދީފަ އެވެ.