Roadha Mihaaru
ރާއްޖެ އާއި ޖަޕާނުން ސަރަހައްދަށް އަމާންކަން ގެނުވާނެ

ރާއްޖެ އާއި ޖަޕާނަކީ ސަރަހައްދަށް އަމާންކަން ގެންނާނެ ދެ ބައިވެރިން: ޖަޕާންގެ ފޮރިން މިނިސްޓަރު

06 ޖެނުއަރީ 2018

ރާއްޖެ އާއި ޖަޕާންގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރިފައިވާއިރު، ޖަޕާން ފާހަގަކުރެވެނީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި. ރާއްޖޭގެ ތަރައްގީ އާއި މޫސުމީ ރައްކާތެރިކަމަށް އެންމެ ބޮޑެތި އެހީތެރިކަން ދެމުން އަންނަ އެއް ގައުމަކީ ވެސް ޖަޕާން. ދެ ގައުމުގެ ގުޅުމަށް ބައި ގަރުނު ފުރުން ފާހަގަކުރަމުންދާއިރު، ޖަޕާންގެ ވިސްނުމަކީ ރާއްޖޭގެ ތަރައްގީއަށް އިތުރު އެހީތެރިކަމެއް ދީ، އެ ގުޅުން ކުރިއަށް ވުރެ ބޮޑަށް ބަދަހިކުރުން.

ރާއްޖެ-ޖަޕާންގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރާއިރު، އެ ގައުމުގެ ފޮރިން މިނިސްޓަރު ޓާނޯ ކޯނޯ މި އަހަރު އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާ ގައުމަކަށް ރާއްޖެ ހެއްދެވުމުން ވެސް ދޭހަވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް ގޮސްފައިވާ މިންވަރު. އޭނާގެ މި ދަތުރުގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމުގެ އިތުރުން ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ.

ތިރީގައި މިވަނީ ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރާ ގުޅިގެން އޭނާ "މިހާރު" އަށް ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ރާއްޖެ އާއި ޖަޕާނާ އެކު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވާތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. މި ގުޅުމަށް އައި ކުރިއެރުމަކީ ކޮބައިތޯ؟ އަދި ޖަޕާނަށް ރާއްޖެ ހާއްސަ ވެފައިވާ ގޮތަކީ ކޮބައިތޯ؟ ޖަޕާނު ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ؟

ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް އާއި ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު، އެއްބަސްވުން ބަދަލުކުރައްވަނީ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އާސިމް އާއި ރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު، އެއްބަސްވުން ބަދަލުކުރައްވަނީ.

ރާއްޖެއަކީ އޭޝިއާ ޕެސިފިކް ގައުމުތައް މެދުއިރުމައްޗާއި އެފްރިކާއާ ގުޅުވައިދޭ، އިންޑިއާ ކަނޑުގެ މުހިއްމު ހިސާބެއްގައި އޮންނަ ގައުމަކަށް ވާއިރު، ރާއްޖެއާ މެދު އޮންނަ ގުޅުމަށް ޖަޕާނުން ބޮޑު އަހައްމިއްޔަތު ކަމެއްދޭ.

ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ދިވެހި މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާންގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ދިވެހި މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

މީގެ ބައި ގަރުނު ކުރިން ރާއްޖެއާ ޖަޕާނާ ދެމެދު ގާއިމްކުރި ސިޔާސީ ގުޅުން ދެ ގައުމުން ވެސް މި ދަނީ ހަރުދަނާ ކުރަމުން. ރާއްޖޭގެ މާހައުލާއި ރީތި ގޮނޑުދޮށްތައް ޖަޕާނުގެ ގިނަ މީހުންނަށް ކަމުދޭ. މިހާރު ވެސް އަހަރަކު 40،000 އަށް ވުރެ ގިނަ މީހުން ޖަޕާނުން ރާއްޖެ އެބަ ޒިޔާރަތް ކުރޭ. ޖަޕާނާއި ރާއްޖެއަކީ ވެސް ގުދުރަތީ ކާރިސާތަކުގައި، ހާއްސަކޮށް ސުނާމީގެ ބިރު ބޮޑު ދެ ގައުމަށް ވާތީ، މި ފަދަ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދެ ގައުމުން އަތާ އަތް ގުޅާލަންޖެހޭ. މި އަހަރު އަޅުގަނޑު އެންމެ ފުރަތަމަ ޒިޔާރަތް ކުރާ ގައުމަކަށް ރާއްޖެ ހެދީ ވެސް ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން.

ރައީސް ޔާމީން، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެެއާޒް އައިވާއޯ ހޯރީއާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން، ޖަޕާނުގެ ވައިސް މިނިސްޓަ ފޯ ފޮރިން އެފެެއާޒް އައިވާއޯ ހޯރީއާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ބައިގަރުނަށް ވުރެ ގިނަ ދުވަސް ވީ މި އެކުވެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް ސްޓްރެޓެޖީ"ގެ ދަށުން މަސައްކަތް ކުރުމަށް ޖަޕާނުން ގަސްދުކުރޭ. މި ސްޓްރެޓެޖީގެ އަމާޒަކީ ހުރިހާ ގައުމަކަށް ހަމަހަމަވާ ގޮތުގެ މަތިން، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގާނޫނާ އެއްގޮތްވާ ގޮތަށް، ކަނޑުތަކުގެ މަސައްކަތްތައް ހުޅުވައިލުން. ހާއްސަކޮށް ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން އުމްރާނީ ތަރައްގީ އާއި ކަނޑުގެ ސަލާމަތީ ކަންކަމަށް އެއްބާރުލުން ދިނުމަށް ޖަޕާނުން މަސައްކަތް ކުރަމުން ދާނެ.

ރާއްޖެ-ޖަޕާންގެ 50 އަހަރުގެ ގުޅުން ދައްކުވައިދޭ ލޯގޯ.

ރާއްޖެ-ޖަޕާންގެ 50 އަހަރުގެ ގުޅުން ދައްކުވައިދޭ ލޯގޯ.

މިފަދަ ކަންކަމުން ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، ޖަޕާނާއި ރާއްޖެއަކީ ސަރަހައްދަށް ހަމަޖެހުމާއި އަމާންކަން ގެނައުމަށް އެކުގައި މަސައްކަތްކޮށް އެކުގައި ކުރިއަރާނެ ދެ ބައިވެރިންކަން

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ޖަޕާނުން ވަނީ ވަރަށް މުހިއްމު އެހީތަކެއް ވެދީފައި. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ މާލެ ހިމާުޔަތްކުރުމަށް ވަށައިގެން ލާފައިވާ ތޮށި. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރިއަށް އޮތްތަނުގައި ޖަޕާނުން މި ފަދަ އެހީތެރިކަން ދިނުމަށް ނިންމާފައިވޭތޯ؟

ޖަޕާނާއި ރާއްޖެއަކީ ވެސް ވަށައިގެން ކަނޑު އޮންނަ ދެ ގައުމަށް ވާތީ ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކާއި އެއިން ރައްކާތެރިވުމަށް ކުރާ މަސައްކަތްތައް ދެ ގައުމަށް ވެސް އެނގޭ. ޖަޕާނުން ވާނީ އެކި އެކި ގޮތް ގޮތުން، ހާއްސަކޮށް ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ސަލާމަތްވުމާ ގުޅޭގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި. އޭގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން އަޅައިދިން މާލޭގެ ބޭރުތޮށި ފާހަގަކޮށްލެވޭ.

ރާއްޖޭގެ ބޮޑުބަޔަކަށް ކަރަންޓު ފޯރުކޮށްދެނީ ޑީސަލް ޖެނެރޭޓަރުން ކަމަށްވާތީ، އަވިން ހަކަތަ އުފައްދާ ނިޒާމު ނުވަތަ ސޯލާ ޕަވާ ތައާރަފް ކުރުމަށް، 2010 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ މަސައްކަތް ކުރަމުން. މީގެ ސަބަބުން ޖައްވު ހޫނުކުރާ މާއްދާތައް ބޭރުވާ މިންވަރު މަދުވާނެ.

ޑިޖިޓަލް ޓެރެސްޓީރިއަލް ބްރޯޑްކާސްޓިން ނެޓްވޯކްގެ މަޝްރޫއަަށް އެހީ ދިނުމުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ މޭ މަހު ސޮއި ކުރުމަށް ފަހު ރާއްޖޭގެ ފިނޭންސް މިނިސްޓަރު މުނައްވަރު (ކ) އަދި ޖަޕާންގެ ޖައިކާގެ ޗީފް ރެޕްރެޒެންޓޭޓިވްއާ ސަލާމް ކުރައްވަނީ: އެ މަޝްރޫއަށް 36 މިލިއަން ޑޮލަރު ޚަރަދުވާނެ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އަދި ޖަޕާނުގެ ސްޓޭންޑަޑްތަކާ އެއްގޮތަށް ގާއިމް ކޮށްފައިވާ ޓެރެސްޓްރިއަލް ޑިޖިޓަލް ބްރޯޑްކާސްޓިން ނެޓްވޯކް ރާއްޖޭގައި ގާއިމް ކުރުމަށް ވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި މި ބްރޯޑްކާސްޓިން ނެޓްވޯކު މެދުވެރިކޮށް މުވާސަލާތު ކުރުމާއި މައުލޫމާތު ފެތުރުމަށް އެހީވެދޭނެ. އަދި މިއީ މި ފަދަ ކާރިސާތަކުގައި ލިބިދާނެ ގެއްލުން ކުޑަވެސް ކުރެވިދާނެ ކަމެއް.

ޖަޕާނުން އަބަދުވެސް ދިވެހި ސަރުކާރާ އެކު މަޝްވަރާކޮށްގެން، ރާއްޖޭގެ ތިމާވެއްޓަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ދެވިދާނެ އެއްބާރުލުންތަކަކީ ކޮބައިތޯ ބަލާނަން.

ޖަޕާނުން ރާއްޖެއަށް ދީފައިވާ އެހީތެރިކަން ހުރިހާ ރޮނގަކުން ވެސް ފާހަގަކޮށްލެވޭ. އޭގެ ތެރޭގައި ތައުލީމާއި އިގްތިސޯދާއި އިޖްތިމާއީ އަދި ތިމާވެށީގެ ދާއިރާ ހިމެނޭ. ކުރިއަށް އޮތްތަނުގައި ޖަޕާނުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނީ ކޮން ދާއިރާތަކަކުންތޯ؟

ތިމާވެއްޓާއި ކާރިސާތަކުން ސަލާމަތް ވުމުގައި އެހީތެރިވުމުގެ އިތުރުން، ދިވެހިންގެ ސިނާއީ މަސައްކަތްތައް ކުރިއެރުވުމަށް ވެސް އަޅުގަނޑުމެން އަހައްމިއްޔަތުކަން ދޭނަން.

ރާއްޖެ އާއި ޖަޕާންގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޖަޕާންގެ "ސައީ" ބެރު ގުރޫޕާއި ރާއްޖޭގެ ހަބޭސް ބޮޑުބެރު ގުރޫޕުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ބެރުވެރިކަމުގެ ހުނަރު ދައްކާލުމުގެ ޝޯ ނިންމާލުމަށް ފަހު ދެ ގުރޫޕުން ފޮޓޯއަކަށް ހުއްޓިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް ދިވެހި ޓޫރިޒަމް ދާއިރާއިން މީހުން ބިނާކޮށް، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ތަމްރީން ދިނުމަށް ވަނީ ރާވާފައި. ޓޫރިސްޓުން އިތުރުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަން ދޭން ޖަޕާނުން ބޭނުންވޭ.

ރާއްޖެ-ޖަޕާންގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެ ގައުމު ގުޅިގެން ނެރުނު ސްޓޭމްޕް ސެޓް، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ތައާރަފު ކޮށްދެއއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖެ-ޖަޕާންގެ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެ ގައުމު ގުޅިގެން ނެރުނު ސްޓޭމްޕް ސެޓް، މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ތައާރަފު ކޮށްދެއއްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތް ހަރުދަނާ ކުުރުމަށް މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތަށް ޖަޕާނުން އެހީތެރިވެދޭނެ. މީގެ ތެރޭގައި ރާއްޖެ އާއި ޖަޕާނުން ވެސް މަސްވެރިކަމުގައި ގެންގުޅޭ އެއްގޮތް ކަންކަން ހިމަނާނެ. މިސާލަކަށް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން.

މި ފަދަ ކަންކަމުގެ ތެރެއިން ޖަޕާނުން އަބަދުވެސް ދާނީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވަމުން.