Roadha Mihaaru
ދުންނާރާ ގޮތަށް ކުނި އަންދާ އިންސިނެރޭޓަރެއް ހޮޅުދޫއަށް

ދުން ނާރާ ގޮތަށް ކުނި އަންދާ އިންސިނެރޭޓަރެއް ޖަޕާނުން ހޮޅުދޫ އަށް ހަދިޔާކޮށްފި

09 ޖެނުއަރީ 2020

ދުމާއި ވިހަ ގޭސް ނުއުފެދޭ ގޮތަށް ކުނި އަންދާ އިންސިނަރޭޓަރެއް ނ. ހޮޅުދޫގައި ބެހެއްޓުމުގެ އެއްބަސްވުމެއްގައި ހޮޅުދޫ ކައުންސިލާއި ޖަޕާން އެމްބަސީއާ ދެމެދު މިދިޔަ ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދުމާއި ވިހަ ގޭސް ނުއުފެދޭ ގޮތަށް ކުނި އަންދާ އިންސިނަރޭޓަރެއް ނ. ހޮޅުދޫގައި ބެހެއްޓުމުގެ އެއްބަސްވުމެއްގައި ހޮޅުދޫ ކައުންސިލާއި ޖަޕާން އެމްބަސީއާ ދެމެދު މިދިޔަ ހޯމަ ދުވަހު އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯ އެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ނަސީރެވެ. މި މަޝްރޫ އަށް 301،755 ޑޮލަރު (4،526،325 ރުފިޔާ) ކަނޑައަޅާފައިވާ ކަމަށް އެމްބަސީން ބުންޏެވެ.

ޖަޕާނު އެމްބަސީން ބުނީ މިއީ މިފަދަ އިންސިނަރޭޓަރެއް ރާއްޖޭގައި ބަހައްޓާ ފުރަތަމަ ފަހަރު ކަމަށެވެ. ޖަޕާނުގެ ތޯމަސް ޓެކްނިކަލް އިންސްޓިޓިއުޓުން އުފެއްދި މި އިންސިނެރޭޓަރަކީ ޕްލާސްޓިކާއި ބަދިގެ ކުނީގެ އިތުރުން މެޑިކަލް ވޭސްޓް ވެސް ފަސޭހަ އިން ނައްތާލާ އެއްޗެކެވެ.

މި މަޝްރޫއު ކުރިއަށް ގެންދާނީ ހޮޅުދޫ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ޖަޕާނު އެމްބަސީން ބުންޏެވެ.

ހޮޅުދޫ އަށް މި އިންސިނަރޭޓަރު ހަދިޔާކުރީ، ޖަޕާނުން ކުރި އަށް ގެންދާ ގްރާސް-ރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީސީޕީ) ގެ ދަށުންނެވެ. މިއީ ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީ ވާން އެ ގައުމުން ގާއިމްކޮށްފައިވާ ޖަޕަނީސް އޮފިޝަލް ޑިވެލޮޕްމެންޓް އެސިސްޓަންސް (އޯޑީއޭ) އިން ހިންގާ ސްކީމެކެވެ. 1996 އިން ފެށިގެން ޖީސީޕީގެ އެކި މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ވެ އެވެ.