Roadha Mihaaru

ރާއްޖެ އާއި ޖަޕާނުގެ 50 އަހަރުގެ ގުޅުން ދައްކުވައިދޭ ލޯގޯއެއް ތައާރަފްކޮށްފި

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ލޯގޯއެއް ތައާރަފްކޮށްފި އެވެ.

ރާއްޖެ-ޖަޕާންގެ ގުޅުން ދައްކުވައިދޭ ލޯގޯ ތައާރަފްކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

01 މާޗް 2017

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ހާއްސަ ލޯގޯއެއް ތައާރަފްކޮށްފި އެވެ.

ޖަޕާން އެމްބަސީން އިއްޔެ ބުނީ އެ ގައުމުގެ ރައްޔިތުންނާއި ދިވެހިންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި 24 ލޯގޯ ހުށަހަޅާފައިވާ ކަމަށެވެ. މި ހުރިހާ ލޯގޯއެއް ފޮނުވީ ޖަޕާނުން ކަމަށް އެމްބަސީން ބުންޏެވެ.

އެންމެ ރަނގަޅު ލޯގޯ ހޮވީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަޕާންގެ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ. އެންމެ ރަނގަޅު ލޯގޯއަކަށް ހޮވީ އަކިރާ އުނޯ ނަމަކަށް ކިޔާ މީހަކު ހުށަހެޅި ލޯގޯ އެވެ.

ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ބާއްވާ އެކިއެކި ހަރަކާތްތަކުގައި މި ލޯގޯ ބޭނުން ކުރާނެ ކަމަށް ޖަޕާންގެ އެމްބަސީން ބުންޏެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުގަ އެވެ. ރާއްޖޭގެ އެކި ދާއިރާތަކަށް ޖަޕާނުން އަންނަނީ އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.