08 ޖެނުއަރީ 2018
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭން ނިންމާފައިވާ 2050 ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް ކަނޑައަޅައިފި އެވެ.
މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭން ނިންމާފައިވާ 2050 ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް ކަނޑައަޅައިފި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ ހަފުތާގައި ކުރި އިއުލާނުގައި ބުނީ އެ ސްކޮލަޝިޕުން ކިޔެވޭނީ މައިގަނޑު 10 ދާއިރާއަކުން ކަމަށެވެ. އަދި އެ ދާއިރާތަކުން ވެސް، ކިޔެވޭނެ ވަކި ކޯސްތަކެއް ކަނޑައަޅާފައި ވެ އެވެ.
އެ ފުރުސަތުގެ ދަށުން ތައުލީމާއި ވިޔަފާރި، ސިއްހަތު، އިންޖީނިއަރިން އަދި އައިޓީ ފަދަ ދާއިރާތަކުން ކިޔެވޭނެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން، ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ހާއްސަކޮށްގެން ހިންގާ ސްކޮލަޝިޕުން ދަރިވަރުން ކިޔަވާ ނިމޭ އިރު، ވަޒީފާތައް ހަމަޖެހިގެންދާނެ ކަމަށެވެ.
"ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ބޮޑެތި މަޝްރޫއުތައް ނިމޭއިރު، އެ ތަންތަނުގައި ހުންނަ ވަޒީފާގެ ފުރުސަތުތަކަށް އަޅުގަނޑުމެން ދަރިވަރުން މި ތަމްރީނުކޮށްދެނީ. މި ސަރަހައްދުގައި ބޮޑެތި މަޝްރޫއުތައް ހިންގާ ފަރާތްތަކުގައި އަޅުގަނޑުމެން އެދުނީ ކޮން ދާއިރާތަކަކުން ހެއްޔޭ ވަޒީފާ އަށް މީހުން ބޭނުންވަނީ. އެ ފަރާތްތަކުން ދިން ލިސްޓަށް ބިނާކޮށް ދާއިރާތައް ކަނޑައަޅާފައި މިވަނީ،" ނަޒީރު ވިދާޅުވި އެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމަ އަށް ރާއްޖޭގައި ކިޔަވަން ލިބޭ މި ސްކޮލަޝިޕަށް އަންނަ ޖުލައި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ. އެއީ މި މަހާއި ޖުލައި މަހުގެ ތެރޭގައި ކޮލެޖްތަކުގައި ވެސް ފަށާ ކޯސްތަކަށް ހާއްސަކޮށްގެންނެވެ.
ނަޒީރު ވިދާޅުވީ ފޯމު ހުށަހަޅާ ވަރަކަށް ޕްރޮސެސްކޮށް ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވަމުން އަންނަ ކަމަށެވެ. އަދި އެ ލިބޭ ފުރުސަތުން، މި އަހަރުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ ކަން ނަޒީރު ފާހަގަކުރެއްވި އެވެ.
މި ސްކޮލަޝިޕްތަކަށް ސަރުކާރުން 50 މިލިއަނެއްހާ ރުފިޔާ ހަރަދުކުރެ އެވެ. އަދި އަންނަ މާޗު މަހުގެ ތެރޭގައި މަތީ ތައުލީމުގެ 1000 ފުރުސަތަށް ހުޅުވާލާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ކުރިން ބުނެފަ އެވެ.
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
2050 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
ޕްރިންސިޕަލުންގެ ސްކޮލަޝިޕަށް 60އަށް ވުރެ ގިނަ މީހުން
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
ޕްރައިމަރީ ޓީޗަރުންނަށް 15 ސްކޮލާޝިޕެއް ތައާރަފުކޮށްފި
އަންނަހަފުތާގައި ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ
ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިިވަރަކަށް ރަންދާ
މަތީ ތައުލީމު ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި