Roadha Mihaaru
ޕްރިންސިޕަލުންގެ ސްކޮލަޝިޕަށް 60އަށް ވުރެ ގިނަ މީހުން

ޕްރިންސިޕަލުންގެ ސްކޮލަޝިޕަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

01 ފެބުރުއަރީ 2022

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވައިލި ސްކޮލާޝިޕަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވައިލި ސްކޮލާޝިޕަށް 60 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވައިލި ފުރުސަތުގައި ވަނީ ތައުލީމާ ގުޅޭ ކަންކަން މެނޭޖް ކުރުމުގެ ދާއިރާ އިން މެލޭޝިޔާ އިން މާސްޓަސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރަން 20 ސްކޮލާޝިޕެއް ހުޅުވާލައިފަ އެވެ.

އެ ސްކޮލަޝިޕް ލިބޭ މީހުންގެ ކިޔެވުމުގެ ހަރަދާއެކު މުސާރައާ އެއްވަރުގެ އެލަވަންސް އަދި ދެކޮޅު ޓިކެޓް ވެސް ދޭނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހުރިހާ ހަރަދެއް ލިބޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި ހަމަވިއިރު 64 މީހަކު ކުރިމަތިލި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ޝަރުތު ހަމަވަނީ 43 މީހެއްގެ ކަމަށް އިއުލާނުގައި ވެ އެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީލީމީ ދާއިރާ އިން ބެޗެލާސް ޑިގްރީ ހާސިލް ކޮށްފައި ވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައި ވުމެވެ.

މި ސްކޮލަޝިޕްގެ ފުރުސަތު ލިބޭ މީހުންނާއެކު ވަކި މުއްދަތަކަށް، ސަރުކާރުގެ ސްކޫލެއްގައި މަސައްކަތް ކުރުމަށް ބޮންޑެއް އޮންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ. ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ސްކޮލަޝިޕްތަކަކަށް އިއުލާންކުރިއިރު، ތައުލީމީ ދާއިރާ އަށް ގާބިލް މީހުން ކުރިމަތި ނުލާތީ، އެ ކަންބޮޑުވުންތައް މިހާރު ވަރަށް ބޮޑެވެ. ހާއްސަކޮށް ޓީޗަރުން ނުލިބުމުގެ ޝަކުވާތައް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

އެ ކަންކަން ހައްލު ކުރުމަށް ރައީސް އޮފީހުން އިސްނަގައިގެން އަންނަނީ ދިރާސާއެއް ވެސް ކުރަމުންނެވެ.