09 ޖެނުއަރީ 2018
ޕެރަސެޓަމޯލް އަކީ މާބަނޑު ދުވަސްވަރު ވެސް ބޭނުންކުރުން ރައްކާތެރި އެއްޗެއްގެ ގޮތުގައި ބެލެވިފައި ވިޔަސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން އިންޒާރު ދީފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ކެއުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހެ އެވެ. ސަބަބެއް ކަމަށް ބުނަނީ ބަނޑުގައި އޮތީ އަންހެންކުއްޖެއް ނަމަ އެ ކުއްޖާ ބޮޑުވެގެން އޭނާއަށް ދަރިއަކު ހޯދުމުގައި ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.
ޕެރަސެޓަމޯލް އަކީ މާބަނޑު ދުވަސްވަރު ވެސް ބޭނުންކުރުން ރައްކާތެރި އެއްޗެއްގެ ގޮތުގައި ބެލެވިފައި ވިޔަސް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން އިންޒާރު ދީފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ކެއުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހެ އެވެ. ސަބަބެއް ކަމަށް ބުނަނީ ބަނޑުގައި އޮތީ އަންހެންކުއްޖެއް ނަމަ އެ ކުއްޖާ ބޮޑުވެގެން އޭނާއަށް ދަރިއަކު ހޯދުމުގައި ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.
މި ހޯދުމުގައި ބުނެފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ކެއުމުން، ބަނޑުގައި އޮތީ އަންހެންކުއްޖެއް ނަމަ އެ ކުއްޖާގެ ރިޕްރޮޑަކްޓިވް ސިސްޓަމަށް ނުވަތަ ދަރިމައިވުމުގެ ނިޒާމަށް ބައެއް ކަހަލަ ބަދަލުތައް އާދެ އެވެ.
ޕެރަސެޓަމޯލް ނުވަތަ އެސިޓަމިނޮފެން އަކީ ފަސޭހައިން ގަންނަން ލިބެން ހުންނަ ތަދުކަނޑުވާ ބޭހެކެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް، މާބަނޑު މީހުން ވަރަށް އާދައިގެ ގޮތަކަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ކޯޕަންހޭގަން ޔުނިވަސިޓީ ހޮސްޕިޓަލުގެ ޑރ. ޑޭވިޑް ކްރިސްޓެންސެން އާއި އޭނާގެ ޓީމުންނެވެ. މީދާތަކެއް ބޭނުންކޮށްގެން ހެދި ތިން ދިރާސާއެއްގައި ޑރ. ޑޭވިޑް އާއި ޓީމުން ބައްލަވާފައި ވަނީ މާބަނޑުއިރު ޕެރަސެޓަމޯލް ކެއުމުން ބަނޑުގައި އޮންނަ އަންހެންދަރީގެ ދަރިމައިވުމުގެ ނިޒާމު ތަރައްގީވާ ގޮތަށް ކުރާ އަސަރުތަކެވެ.
ނަތީޖާ ދެއްކި ގޮތުގައި މާބަނޑުއިރު އާދަކޮށް މީހުން ޕެރަސެޓަމޯލް ކައި އުޅޭ މިންވަރަށް މާބަނޑު މީދާތަކަށް ޕެރަސެޓަމޯލް ކާން ދިނުމުން އަންހެން މީދާތަކުގެ ބިސްތައް އުފެދިފައި ހުރީ މާމަދުންނެވެ. މީގެ މާނައަކީ މި އެއްޗެހި ބޮޑުވާއިރު ގަރުބަގަތުމަށް ހުންނާނީ މާ މަދު ބިހެވެ. މާނައަކީ މި އެއްޗިއްސަށް ދަރިން ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވުމެވެ. ޚާއްސަކޮށް، އުމުރުން ދުވަސްވާވަރަކަށް މި ކަން އިތުރަށް މެދުވެރިވާނެ އެވެ.
އެންޑޮކްރައިން ކަނެކްޝަންސް ޖާނަލްގައިވާ މި ރިޕޯޓުގައި ޑރ. ކްރިސްޓެންސެން ވިދާޅުވެފައިވާ ގޮތުގައި މިއީ ދަރިމައިވުމަށް ދިމާވާ އެހާ ބޮޑު މައްސަލައަކަށް ނުވިޔަސް މިއީ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށެވެ. ސަބަބަކީ ތިން ލެބޯޓްރީއެއްގައި ވަކިން ހެދި ތިން ދިރާސާއަކުން ވެސް، ޕެރަސެޓަމޯލުން އަންހެން ދަރިންގެ ދަރިމައިވުމުގެ ނިޒާމަށް މައްސަލަތައް ދިމާވާކަމަށް ދައްކާފައި ވާތީ އެވެ. އެހެންކަމުން އިންސާނުންގެ ދަރިމައިވުމަށް ޕެރަސެޓަމޯލުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް އިތުރު ތަހުލީލުތައް ކުރުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް މާބަނޑު ދުވަސްވަރު މަންމަ ކާ ޕެރަސެެޓަމޯލްގެ އަސަރު ބަނޑުގައި އޮންނަ ދަރިފުޅު އުފަންވެ ބޮޑުވުމުން އޭނާގެ ދަރިމައިވުމުގެ ނިޒާމަށް ކުރަން ދިމާވާ ސަބަބެއް ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"ސައިންސްވެރިންގެ ހައިސިއްޔަތުން މި ބޭސް އެއްގޮތަކަށް ވެސް ނުކާށެކޭ އަހަރެމެންނަކަށް ނުބުނެވޭނެ. އެހެންވީމަ އަހަރެމެން މި ބުނަނީ މާބަނޑު ދުވަސްވަރު އެއްވެސް ތަނަކަށް ތަދުވެ ވޭނެއް އަޅާ ނަމަ ޑޮކްޓަރެއް، ފޫޅުމައެއް ނުވަތަ ފާމަސިސްޓެއްގެ މަޝްވަރާ ހޯދާށޭ،" އޭނާ ވިދާޅުވި އެވެ.
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ
ފަލަ މީހުންނަށް ލިބޭ ދަރިންނަށް ފަލަބަލީގެ ނުރައްކާ
400 ގްރާމް ހަމަނުވާ ކުއްޖަކު ސަލާމަތްކުރެވިއްޖެ
މާބަނޑުއިރު ބިސް ކެއުމުން ދަރިފުޅުގެ ވިސްނުންތޫނުވޭ
މާބަނޑުއިރު ފޮނިތަކެތި ބުއިމުން ދަރިން ނޭވާހިއްލަފާނެ
އެބޯޓްކުރި ދަރިފުޅު 15 އަހަރު ވީއިރުވެސް ބަނޑުގައި
ސިޒޭރިއަން ހަދަން ފަޅާލި ތަނަށް ތަދުވޭތަ؟
މާބަނޑުއިރު ނިދި މަދުވާ ނަމަ ހަކުރު ބަލީގެ ބިރު
18 ފަހަރު ބައިގެން ދިޔަ މީހަކަށް ދަރިއެއް ލިބިއްޖެ