Roadha Mihaaru
ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ

ޕޮލެންޑު މީހަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ

23 މެއި 2019

ޕޮލެންޑު އަންހެނަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ އެވެ.

ޕޮލެންޑު އަންހެނަކަށް އެއްމާބަނޑު ހަ ކުދިން ލިބިއްޖެ އެވެ.

ޕޮލެންޑުގެ ޔުނިވަސިޓީ ހޮސްޕިޓަލްގައި ހޯމަ ދުވަހު އުފަންވި މި ހަ ކުދިންގެ ސިއްހަތު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށްވެ އެވެ. އެއިން ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ގާތްގަނޑަކަށް އެއް ކިލޯ ހުއްޓެވެ.

ބަނޑަށް 29 ހަފުތާގައި ސިޒޭރިއަން ހަދައިގެން ނެގި ހަ ކުދިންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.

"ކުދިންގެ މަންމަގެ އުމުރު 30 އަށް ވުރެ ހަގު. ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު،" ހޮސްޕިޓަލްގެ ތަރުޖަމާނަކާ ހަވާލާދީ އޭއެފްޕީން ބުންޏެވެ.

އެއްމާބަނޑު ހަ ކުދިން ލިބުނު މީހާއާ ބެހޭ ތަފްސީލު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. ހޮސްޕިޓަލުން އަންގާރަ ދުވަހު ބުނީ ފަހުން މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ގޮތުގައި އެއްމާބަނޑު ހަ ކުދިން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއްމާބަނޑު ހަ ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ 4.7 ބިލިއަނުން އެއް ފަހަރު އެވެ.

ޕޮލެންޑުގެ ރައީސް ވަނީ އެއްމާބަނޑު ހަ ކުދިން ލިބުނު މީހާ އަށް މަރުހަބާ ވިދާޅުވެ، މިއީ އެ ގައުމުގައި އަލަށް ހިނގި ކަމެއްކަން ފާހަގަކުރައްވައިފަ އެވެ.