ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މާދަމާ އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މާދަމާ އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމު، އިންޑިއާގެ ގުޅުން ގޯސްވެފައިވާ ކަމަށް ދެ ގައުމުގެ މީޑިއާގައި ވެސް ރިޕޯޓް ކުރަމުންދާ މި ދަނޑިވަޅުގައި، ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގަންނަވަނީ މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
މިނިސްޓަރު އާސިމްގެ ތިން ދުވަހުގެ މި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮޑީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ. އަދި ފޮރިން ސެކްރެޓަރީ ސުޝްމާ ސްވަރާޖްއާ ވެސް މިނިސްޓަރު އާސިމް ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރައީސް ޔާމީން މިދިޔަ ޑިސެމްބަރު މަހު، ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރު އާސިމް (ވ) އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އާސިމްގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އައިޝަތު އަޒީމާ ވެސް އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވި ކަމަށް އެންމެ ފަހުން އަޑުފެތުރުނީ، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ ސޮއިކުރުމާ ގުޅިގެންނެވެ. އެ އެއްބަސްވުމާއެކު، ޗައިނާގެ ބާރު އިންޑިއާ ކަނޑުގައި ގަދަވެ، ޗައިނާގެ ނުފޫޒު މި ސަރަހައްދަށް ބޮޑުވުމުގެ ބިރު އޮތް ކަމަށް އިންޑިއާގެ ބައެެއް މީޑިއާތަކުގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަމުން އަންނަނީ އެފްޓީއޭގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ.
ރާއްޖެ ފަދަ ކުޑަ ގައުމަކާ ގުޅުން ހުރި ކަންބޮޑުވުންތައް ހައްލު ކުރަން އިންޑިއާ ސަރުކާރަށް ނުކެރިގެން އުޅޭ ސަބަބާ މެދު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޝްމާއާ ވެސް ދާދި ފަހުން ސުވާލުކޮށްފައިވެ އެވެ.
އެ ކޮމެޓީގެ އިސްވެރިއަކު ދެންނެވި އެ ސުވާލާ ގުޅިގެން ސުޝްމާ ވިދާޅުވެފައި ވަނީ، އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ފުރަތަމަ އެކުވެރިޔާގެ ގޮތުގައި ކަމަށެވެ.
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) މިދިޔަ މަހު "މިހާރު" އަށް ވިދާޅުވެފައި ވަނީ، ރާއްޖެ-އިންޑިއާގެ މީޑިއާގައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ނޭދެވޭ ތަފާތު ވާހަކަތަކެއް ފެތުރި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނެތް ތުހުމަތުތަކުން ދެ ގައުމުގެ ގުޅުން ހީނަރުވިޔަ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް މި މަހުގެ ކުރީކޮޅު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.
އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ވިދާޅުވެފައި ވަނީ މީޑިއާގައި އެ ގޮތަށް ރިޕޯޓް ކޮށްފައި އޮތަސް، ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ބާއްވަން އިންޑިއާގެ ވަފުދެއް ރާއްޖެ އަންނަން އުޅޭ ކަމެއް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އެކި ކަންކަމާ ގުޅިގެން ދެ ގައުމުން އަބަދުވެސް މަޝްވަރާ ކުރާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެކަން ބަދަލެއް ނުވާނެ ކަމަށެވެ.
ރާއްޖެއަށް ދޭ އެހީތައް އިތުރު ކުރާނަން: މޯދީ
ފޮރިން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގެންފި
ޝާހިދު، މޯދީއާ ބައްދަލު ކުރައްވައިފި
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
މޯދީގެ ދަތުރުގައި ރާޑަރު އިފުތިތާހު ކުރާނެ: ސަރުކާރު
އިންޑިއާގެ ލާބަ އާއި މަންފާއަށް އެއްބާރުލުން ދޭނަން
ރައީސް ޔާމީންގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފި
ރާއްޖެ-އިންޑިއާގެ ގާތްގުޅުމާ މެދު މަޝްވަރާކޮށްފި
އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ