Roadha Mihaaru
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކާރެއް ފުރޮޅާލައިފި

27 ފެބުރުއަރީ 2024

އައްޑޫ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި، ކާރެއް ފުރޮޅާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައި، ކާރެއް ފުރޮޅާލައިފި އެވެ.

ފުލުހުން ބުނީ ހެނދުނު 6:15 ހާއިރު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހުންނަ ސަރަހައްދުން މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅޭ ކަންމަތީގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމަށް ރިޕޯޓެެއް ލިބުނު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ. ނަމަވެސް އެކްސިޑެންޓުވި ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެއްކާރު ދުއްވަން އިނީ އަންހެނެކެވެ. އަނެއް ކާރު ދުވަން އިނީ ފިރިހެނެކެވެ. ދެ މީހުންނަކީ ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެކްސިޑެންޓުގައި ފުރޮޅާލި ނޫކުލައިގެ ކާރުގެ ސްކްރީން ވަނީ އެއްކޮށް ތަޅައިގެން ގޮސްފަ އެވެ. ހުދުކުލައިގެ ކާރުގެ ކުރީކޮޅު ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.

ފުލުހުން އަންނަނީ އެ އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.