Roadha Mihaaru
އާ އިމާރާތާ އެކު ގޮންޖެހުންތައް ފިލައިގެންދާނެ

އާ އިމާރާތާ އެކު ގޮންޖެހުންތައް ފިލައިގެންދާނެ: އަމީނިއްޔާ

14 ޖެނުއަރީ 2018

ސްކޫލެއް އިމާރާތް ކުރަން ސަރުކާރުން މިހާތަނަށް ކުރި އެންމެ ބޮޑު ހަރަދަކީ މިއީ އެވެ. އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ގައި އިމާރާތް ކުރަން ފެށި 54 ކްލާސް ރޫމުގެ އާ އިމާރާތާ އެކު ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ސްކޫލަށް މި ވަނީ ވަރަށް ބޮޑު ފުރިހަމަ ކަމެއް އައިސްފަ އެވެ. އަމީނިއްޔާގެ އާ އިމާރާތުގައި މިއަދު ކިޔެވުން ފެށިއިރު، ކުރިން ދިމާވި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެ ސްކޫލުން ކުރިން ބޭނުންކުރި އިމާރާތް ބާވެ، ހަލާކުވެފައިވާތީ ގޮންޖެހުންތަކާ ދިމާވި އެވެ. އެގޮތުން ކްލާސްރޫމުތަކުގައި ހާސްކަން ބޮޑުވިއަސް، އެ ފަދަ މައްސަލައެއް ދެން ކުރިމަތި ނުވާނެ ކަން ޕްރިންސިޕަލް ނާޒްލީން ވާފިރު ފާހަގަކުރެއްވި އެވެ.

އަމީނިއްޔާ ސްކޫލުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީގައި ސްކޫލު ޕްރިންސިޕަލް ނާޒްލީން ދަރިވަރުންނާ ވާހަކަދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީނިއްޔާ ސްކޫލުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީގައި ސްކޫލު ޕްރިންސިޕަލް ނާޒްލީން ދަރިވަރުންނާ ވާހަކަދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ އަނީމިއްޔާގެ އާ އިމާރާތަކީ އެ ސްކޫލަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ. އަދި އެކަމުގެ ފޮނި ނަތީޖާ ދަރިވަރުންނަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ކުރިން ދަރިވަރުން ކިޔަވަމުން ދިޔައީ ހާސްކަން ބޮޑު އަދި ކުދި ކްލާސްތަކެއްގައި. އެކަމަކު މި އަހަރު ވަނީ ހިތްގައިމު އަދި ބޮޑު މާހައުލެއް ލިބިފައި. އެކަމުގެ ފައިދާ ކުރާނެ." 54 ކްލާސްރޫމް ހުންނަ އާ އިމާރާތާ ބެހޭގޮތުން ނާޒްލީން ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް އާ ރަހުމަތްތެރިން ލިބޭނެ ކަމަށާއި ތަފާތު ކަންތައްތައް ދަސްވިކަމުގައި ވިއަސް ކިޔެވުމަށް ބުރަ މަސައްކަތް ކުރަންޖެހޭނެ ކަމަށް، އެސެމްބްލީގައި ދަރިވަރުންނާ ވާހަކަދައްކަވަމުން ނާޒްލީން ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ: މިއީ އެ ސްކޫލަށް ލިބުނު އެންމެ ބޮޑު ހަދިޔާ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީގައި ދަރިވަރުން ބައިވެރިވަނީ: މިއީ އެ ސްކޫލަށް ލިބުނު އެންމެ ބޮޑު ހަދިޔާ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަށް ބުރީގެ އެ އިމާރާތަކީ މާލޭގައި ހުރި މި ފަދަ އެންމެ ބޮޑު ސްކޫލު އިމާރާތެވެ. އެ ތަން ޒީނަތްތެރި ކޮށްފައިވަނީ ސްކޫލުގެ ކުލަ ކަމުގައިވާ ފެހި ކުލައިންނެވެ. އަދި އިމާރާތުގެ އެންމެ މަތީގައި މާ ދުރަށް ފެންނަ ގޮތަށް ސްކޫލުގެ ބޮޑު ލޯގޯ ހަރުކޮށްފައި ހުރެ އެވެ.

އަމީނިއްޔާ ސުކޫލުގެ ދަރިވަރުން ބެލެނިވެރިންނާއިއެކު ސުކޫލަށް ވަންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީނިއްޔާ ސުކޫލުގެ ދަރިވަރުން ބެލެނިވެރިންނާއިއެކު ސުކޫލަށް ވަންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީނިއްޔާ ސްކޫލުގެ އެންމެ ކުރީގެ ކްލާސްބަރި ތަޅާލައި ހެދި އަށް ބުރީގެ އިމާރާތުގެ އެންމެ ތިރި ހާއްސަ ކޮށްފައިވަނީ އޮފީހާއި ހެލްތް ރޫމް ފަދަ ތަންތަނެވެ. އަދި ފުރަތަމަ ހަތަރު ބުރީގައި ކްލާސްތައް ހިންގާ އިރު ފަސް ވަނަ ބުރިއަކީ ލައިބްރަރީ އެވެ. އަދި އެކި މާއްދާތަކުގެ ލެބޯޓަރީތަކާއި ބޭންޑް ރޫމާއި ސްޓާފް ރޫމާއި ޕްރިންސިޕަލް އޮފީސް ހުންނަނީ ދެން ހުރި ބައިތަކުގަ އެވެ. އިމާރާތުގެ މަތީގައި ވަރަށް ބޮޑު ޓެރަސްއެއް ވެސް އޮވެ އެވެ.

ނަމަވެސް އާ އިމާރާތުގައި ހޯލެއް ނެތުމުން، އެކި ހަރަކާތްތަކަށް އަދި ވެސް ބޭނުންކުރާނީ ކުރިން ބޭނުންކުރަމުން ދިޔަ ތަނެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ދިރާސީ އާ އަހަރުގެ ފުރަތަމަ އެސެމްބްލީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކްލާސްރޫމުތައް ވެސް، ބާ ކްލާސްތަކަށް ވުރެ ބޮޑުވެފައި މާ ރީއްޗެވެ. ވައިޓް ބޯޑުގައި ކިޔަވައިދިން ނަމަވެސް، ކުރިއަށް ވުރެ ފަސޭހަވަގެންދާނެ ކަން އަމީނިއްޔާ އިން ފާހަގަކުރި އެވެ.

އާ އިމާރާތް ބޭނުން ކުރަން ފަށާފައިވާތީ، މީގެ ކުރިން ބޭނުން ކުރި އެއްވެސް ކްލާހެއް ދެން ބޭނުމެއް ނުކުރާނެ އެވެ.

ސަރުކާރުން 123 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އިމާރާތުގައި 2175 ދަރިވަރުން މިއަހަރު ކިޔަވާނެ އެވެ.