ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހުޅުމާލޭގައި 14 ބުރީގެ ރެޒިޑެންޝަލް ތިން ޓަވަރު އިމާރާތްކުރަން ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކުރީ 500 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
15 ޖެނުއަރީ 2018
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން ހުޅުމާލޭގައި 14 ބުރީގެ ރެޒިޑެންޝަލް ތިން ޓަވަރު އިމާރާތްކުރަން ސިންގަޕޫރުގެ ކުންފުންޏާ ހަވާލުކުރީ 500 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކޮށްފައިވާ މި ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްޕީއެލްގެ ބިޒްނަސް ޑިވެލޮޕްމަންޓް އަބްދުﷲ ފާއިޒް "މިހާރު" އަށް ވިދާޅުވީ މަސައްކަތުގެ އަގު 500 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ޓަވަރުތަކުގެ މަސައްކަތް ކުރާ ޑަބްލިއު އެންޑް އޭ އޯވަސީސްއަކީ، ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ އަދި އެ ގައުމުގެ ސްޓޮކް އެކްސްޗޭންޖްގައި ހިމެނޭ ކުންފުންޏެވެ.
"މި ކޮންޕެނީގެ ޕްރޮޖެކްޓެއް މިހާރު ވެސް ރާއްޖޭގައި އެބަ ހިނގާ. އަދި މި ރީޖަންގައި ވެސް އެބަދޭ. މި ކޮމްޕެނީ ހޮވީ ތަޖުރިބާ އާއި މިހާރު މި ބޭފުޅުން ބޭނުން ކުރަމުންދާ ޓެކްނޮލޮޖީގެ އިތުރުން އެ ބޭފުޅުން މިވަގުތު މި ސްކޭލްގައި އިތުރު ކިތައް ޕްރޮޖެކްޓްތޯ ހިންގާތޯ [ބެލުމަށް ފަހު]. އެ ބޭސިސް އަށް ބަލާފައި އެބޭފުޅުންނަށް މި ޕްރޮޖެކްޓް ދިނީ،" ފާއިޒް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ އެމްޕީއެލްގެ ތިން ޓަވަރުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށަނީ.---ފޮޓޯ: އެމްޕީއެލް
އޭނާ ވިދާޅުވީ ޑަބްލިއު އެންޑް އޭ އޯވަސީސް އަށް މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް އިއުލާން ކުރުމަށް ފަހު، ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރެއިން ކަމަށެވެ. އަދި މި އަގުގެ ތެރޭގައި އިމާރާތް ކުރުމުގެ އިތުރުން ޑިޒައިން ފަދަ މަސައްކަތްތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެމްޕީއެލްގެ ތިން ޓަވަރުގެ ކުރެހުމެއް.
"މިހާރު ޑިޒަައިނިންގެ ކޮންސެޕްޝަލް ކޮންޕޯނެންޓް ނިމި، އެޗްޑީސީ އަށް ސަބްމިޓް ކުރެވި އެއަށް އެޕްރޫވަލް ލިބިފައި ވަނީ. ދެން މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޑީޓެއިލް ޑިޒައިން އަށް. ޑީޓެއިލް ޑިޒައިން ވެސް މި ހަފްތާގައި އެޗްޑީސީ އަށް ސަބްމިޓް ކުރެވި، ފާސްވުމުން ދެން މަސައްކަތް ފެށުނީ. މިހާރު އެޗްޑީސީން އެޕްރޫވަލް ދީފައި މިއޮތީ ގްރައުންޑް ވޯކްސްތައް ކުރިއަށް ގެންދަން،" ފާއިޒް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެމްޕީއެލްގެ ތިން ޓަވަރުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފެށުމާ އެކު ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ. އަދި ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ތިން ޓަވަރުގެ ފުުރަތަމަ ހަތަރު ބުރީގެ މަސައްކަތްތައް ނިންމުން ކަމަށް ވެސް ވިދާޅުވި އެވެ. ހަލީމް ވިދާޅުވީ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނީ އަންނަ އަހަރަށް ކަމަށެވެ.
ވިޔަފާރީގެ ބޭނުންތަކަށް، ގްރައުންޑް ފްލޯ ބޭނުން ކުރެވޭ ގޮތަށް ހަދާ ތިން ޓަވަރުގައި ހުންނާނީ 536 އެޕާޓްމަންޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭފައި ހިމެނެނީ ތިން ކޮޓަރީގެ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 206 ސްޓޫޑިއޯ އެޕާޓްމަންޓެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ހަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޕީއެލް
ހަލީމް ވިދާޅުވި ގޮތުގައި ވީހާ ވެސް ހެޔޮ އަގެއްގައި، ލުއި ގޮތަކަށް އެޕާޓްމަންޓްތަކުގެ އަގު ދެއްކޭނެ މަގު ފަހިކޮށްދިނުމަށް އެކަމާ ގުޅުން ހުރި މަސައްކަތްތައް ވެސް އެމްޕީއެލް އިން އަންނަނީ ކުރަމުންނެވެ. އަދި މިފަދަ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމައިލުމަށް، މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުން ސަރުކާރަށް އެއްބާރުލުންދީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމިން ހޮވައި ދިނުމަށް މަސައްކަތް ކުރުމަށް ވެސް ހަލީމް އެދިވަޑައިގަތެވެ.
ޑަބްލިއު އެންޑް އޭ އޯވަސީސްގެ ޗެއާމަން ރޭމަން ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމާނެ ކަމަށެވެ. އަދި އިމާރާތްތައް ހަދާނީ އެމްޕީއެލްއިން ގަބޫލުކުރާ ފެންވަރުގައި، ކޮލެޓީ އަށް ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ބައިވެރިވި އެވެ. އަދި ޑަބްލިއު އެންޑް އޭ އޯވަސީސްގެ އިސް ބޭފުޅުން ވެސް ބައިވެރިވި އެވެ.
ހިޔާއަށް ކުލި ނުދައްކާ، އެޅޭނެ ފިޔަވަޅެއް ވެސް ނެތް!
ހިޔާ ފްލެޓަށް އިތުރަށް 3.2 ބިލިއަން ދައްކަންޖެހޭ
ފަންނީ މީހުން އާ ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު ދީފި
ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު އާއްމުކޮށްފި
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
ފްލެޓްތަކާ ގުޅޭ އަޑުތައް: އެއީ ވެސް ދިވެހިންނަށްޓަކައި
މިހުރީ ޓަވަރެއްގައި: ރީތި މަންޒަރެއް އެކަމަކު ހާސްކަން
ފްލެޓުތައް ކުޑަ ކަމަށް ބުނާ ވާހަކައަކީ ދޮގެއް:މުއިއްޒު
އެމްޕީއެލްގެ ފްލެޓާ ބެހޭ ވަގުތީ ލިސްޓް ބާތިލް!
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!