މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް އެ ކުންފުނިން މިއަދު ބާތިލްކޮށްފި އެވެ.
04 ސެޕްޓެމްބަރ 2019
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް އެ ކުންފުނިން މިއަދު ބާތިލްކޮށްފި އެވެ.
އެމްޕީއެލް އިން ހުޅުމާލޭގައި ހަދާ 14 ބުރީގެ ތިން ޓަވަރުގައި ހިމެނޭ 534 ފްލެޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ދެ އެވެ. ބާކީ ފްލެޓުތައް ދޭން ހަމަޖައްސާފައި ވަނީ އާންމުންނަށެވެ.
އެމްޕީއެލްގެ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ބައެއް ކުންފުނިތައް ލައްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްތައް ހަދަން ފެށި އެވެ. އެމްޕީއެލުން ވަގުތީ ލިސްޓް ނެރުނީ، ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގެންފައި ވިޔަސް، ވެރިކަމާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތުމުގެ ކުރިންނެވެ.
އެމްޕީއެލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އިއްޔެ އެތަނުގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ޖަލްސާގައި ވަގުތީ ލިސްޓް ބާތިލްކުރަން ނިންމި ކަމަށެވެ. އޭގެ އިތުރުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތު ރިވިއުކުރަން ވެސް ނިންމި ކަމަށް އޭގައިވެ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ ލިސްޓް ފައިނަލް ކުރުމުގެ ޕްރޮސެސްގައި ބައެއް ކަންކަން ފާހަގަކުރެވުމާ އެކު، ފްލެޓު ކްރިޓީރިއާ ރިވިއު ކުރަން ޖެހޭ ކަމަށް ފެންނަ ކަމަށެވެ. އަދި އެގޮތަށް ނިންމީ އެމްޕީއެލްގެ ބޯޑުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ހަދާ ތިން ޓަވަރުގައި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 204 އެޕާޓްމަންޓް ހިމެނެ އެވެ. އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ އެމްޕީއެލުން ހަރަދު ކުރެ އެވެ.
އެމްޕީއެލުން ޓަވަރުތައް ހެދުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ދެނީ 432 ފްލެޓު
ހިޔާ ފްލެޓްގެ ކުލި ކުޑަކުރަން ގޮވާލައި މުޒާހަރާކޮށްފި
އެމްޕީއެލްގެ ތިން ޓަވަރުގެ އަގު 500 މިލިއަން
އެމްޕީއެލްގެ ތިން ޓަވަރު އަޅަން ބަޔަކާ ހަވާލުކޮށްފި
ފްލެޓް އަޅަން 434 މިލިއަން ޑޮލަރަށް ޗައިނާ ސްޓޭޓަށް
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުން އަލުން ފަށައިފި
ހިޔާ އަށް ބަރާބަރަށް ކުލި ދައްކަނީ 35 ޕަސެންޓް!
ހިޔާއަށް ކުލި ނުދައްކާ، އެޅޭނެ ފިޔަވަޅެއް ވެސް ނެތް!
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!