ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ހަމަޖައްސައި މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން އެންގި ފާތުމަތު މުނާ އަށް މަސައްކަތުގެ ޒިންމާ ހަވާލުނުކޮށް ގޭގައި ހުރި ތިން މަހު ވެސް މުސާރަ ދީފައިވާކަން ހާމަވެއްޖެ އެވެ.
16 ޖެނުއަރީ 2018
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް ހަމަޖައްސައި މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން އެންގި ފާތުމަތު މުނާ އަށް މަސައްކަތުގެ ޒިންމާ ހަވާލުނުކޮށް ގޭގައި ހުރި ތިން މަހު ވެސް މުސާރަ ދީފައިވާކަން ހާމަވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މުނާ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ މިދިޔަ އޮގަސްޓް މަހު އެވެ. އެ އަށް ފަހު ވަކި ސަބަބެއް ނާންގައި، އެންގީ ގޭގައި މަޑުކުރުމަށެވެ. އެ ގޮތުގެ މަތިން ތިން މަސް ދުވަހު ގޭގައި ހުރުމަށް ފަހު އޭނާ އަމިއްލަ އަށް އެ މަގާމުން އިސްތިއުފާދެއްވައި އެމްއެމްސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު މަހު އެވެ.
Geygai madukuran engi PS isthiufaa dhevvai alun MMC ah
The most trusted news source in the Maldives
Mihaaru
ޕީއެސްގެ މަގާމުން މުނާ އިސްތިއުފާދެއްވުން--
މުނާ ގޭގައި މަޑުކުރަން އެންގި ސަބަބެއް ބުނެފައި ނުވާ އިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ތިން މަހު ވެސް މުނާ އަށް ވަނީ ފުލް މުސާރަ ދީފަ އެވެ. އެއީ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 35،500 ރުފިޔާ އެވެ. ތިން މަހުގެ މުސާރަ ނަމަ އެއީ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެވެ.
ގޭގައި މަޑުކުރަން އެންގި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން މުނާ ބޭނުމެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ސީއެސްސީން މުނާ އަށް ދިނީ ގިނަ ބަޔަކާ އިންޓަވިއުކޮށް، އިމްތިހާނެއް ވެސް ހެދުމަށް ފަހު އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، މިހާރު ޕީއެސް އިން އައްޔަން ކުރަން ޖެހޭނީ ކޮންމެ މިނިސްޓްރީއެއްގެ ވެސް މިނިސްޓަރުގެ ލަފައާ އެކު އެވެ. އެކަމަކު ޕީއެސް ގޭގައި މަޑުކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ނުވަތަ މިނިސްޓްރީ އަށް ވެސް ދީފައެއް ނުވެ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ނަންގަވާފައިވާ މުނާ ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސަސް އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
މުނާ އިސްތިއުފާ ދެއްވައި އަލުން އެމްއެމްސީ އަށް
ޔޫތުގެ ޕީއެސް ގޭގައި މަޑުކުރަން އެންގި މައްސަލަ ބަލަނީ
ސްޕޯޓްސް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް
ޔޫތު މިނިސްޓްރީގެ އާ ޕީއެސް އަދިވެސް ގޭގައި
ޕީއެސްގެ ވަޒީފާ ލިބުނު، ދެން އެންގީ ގޭގައި މަޑުކުރަން
ސީއެސްސީ ނައިބު ރައީސް ރަޝީދު އިސްތިއުފާ ދެއްވައިފި
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު ވަކިކުރަނީ
މީޑިއާ ކައުންސިލް މެމްބަރުކަމަށް ހުޅުވާލައިފި
"ބަޖެޓް ދެނީ ސަރުކާރުން، ޖަވާބުދާރީ ކުރެވެން ޖެހޭނެ"