13 ނޮވެމްބަރ 2017
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް ހަމަޖެއްސުމަށް ފަހު ގޭގައި މަޑުކުރަން އެންގި ފާތުމަތު މުނާ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރު ޖެނެރަލްގެ ވަޒީފާ އަށް ނިކުންނަވަން ފައްޓަވައިފި އެވެ.
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް ހަމަޖެއްސުމަށް ފަހު ގޭގައި މަޑުކުރަން އެންގި ފާތުމަތު މުނާ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރު ޖެނެރަލްގެ ވަޒީފާ އަށް ނިކުންނަވަން ފައްޓަވައިފި އެވެ.
އެމްއެމްސީގެ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މުނާ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު އެވެ. އެކަމަކު އޭނާ އަށް މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން ޔޫތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނުން ވެސް ބެލި އެވެ.
މުނާ މިއަދު ވިދާޅުވީ ގޭގައި މަޑުކުރަން އެންގުމުން، އޭނާ އަމިއްލަ އަށް އިސްތިއުފާ ދެއްވީ ކަމަށެވެ. އެމްއެމްސީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ހަމަޖެއްސީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުނާ އެމްއެމްސީގައި މިހާރު ހުންނެވީ ކުރިއަށް ވުރެ މަތީ މަގާމެއްގަ އެވެ.
"ކޮމިޝަނުން ހަމަޖައްސައިދިނީމަ އަޅުގަނޑު މި މަހު ނިކުންނަން ފަށައިފިން،" މުނާ ވިދާޅުވި އެވެ.
ޕީއެސް އަކީ ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ވެރިޔާ އެވެ. ސިވިލް ސާވިސްގެ ގާނޫނުގައި ކުރިން އޮތް ގޮތުން، ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސީއެސްސީންނެވެ. އެކަމަކު މިދިޔަ އަހަރު އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، މިހާރު ޕީއެސް އިން އައްޔަން ކުރަން ޖެހޭނީ ކޮންމެ މިނިސްޓްރީއެއްގެ ވެސް މިނިސްޓަރުގެ ލަފައާ އެކު އެވެ.
އެކަމަކު މުނާ ގޭގައި މަޑުކުރަން އެންގިއިރު، އެއްވެސް ޕީއެސްއެއް ގޭގައި މަޑުކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ނުވަތަ މިނިސްޓްރީ އަށް ވެސް ދީފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ސީއެސްސީން މުނާ އަށް ދިނީ ގިނަ ބަޔަކާ އިންޓަވިއުކޮށް، އިމްތިހާނެއް ވެސް ހެދުމަށް ފަހު އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ނަންގަވާފައިވާ މުނާ ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސަސް އޮފިސަރުގެ މަގާމު ވެސް ފުރުއްވި އެވެ.
ޔޫތުގެ ޕީއެސް ގޭގައި މަޑުކުރަން އެންގި މައްސަލަ ބަލަނީ
މަސައްކަތެއް ނުކުރުވައި ޕީއެސް އަށް އެއްލައްކަ ރުފިޔާ
މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް
ޕީއެސްގެ ވަޒީފާ ލިބުނު، ދެން އެންގީ ގޭގައި މަޑުކުރަން
"ގާނޫނާ ހެދި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިއްޖެ"
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
ސަރުކާރުގެ ބައެއް އިދާރާތަކަށް ރޯދަ އެލަވަންސް ނުދޭ
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
"ސިޔާސީ ހަރަކާތްތަކުގެ މާއްދާއަށް ގެނައީ ހެޔޮބަދަލެއް"
އަޖުވަދު ވިދާޅުވަނީ ހުރީ ހުސް މައްސަލަ ކަމަށް!