ބޭރުތޮށި ސާފުނުކޮށް، ނަޖިސް ހަރުލާފައި ހުންނަ ކުކުޅުބިސް ރާއްޖެ އެތެރެކޮށް ވިއްކުން ހެލްތު މިނިސްޓްރީން މަނާކޮށްފި އެވެ.
16 ޖެނުއަރީ 2018
ބޭރުތޮށި ސާފުނުކޮށް، ނަޖިސް ހަރުލާފައި ހުންނަ ކުކުޅުބިސް ރާއްޖެ އެތެރެކޮށް ވިއްކުން ހެލްތު މިނިސްޓްރީން މަނާކޮށްފި އެވެ.
އެ މިނިސްޓްރީ މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް ބަހައްޓަންޖެހޭ މިންގަނޑުތަކެއް ކަނޑައަޅައިފަ އެވެ.
އެގޮތުން، ޓްރީމަންޓެއް ނުދީ ފިނި ނުކޮށް ކުކުޅުބިސް ބަހައްޓަން ވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހަށް ކަމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.
ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބަހައްޓަން ވާނީ އުފެއްދި ތާރީޚުން ފެށިގެން ތިން މަސް ދުވަހަށް ކަމަށާއި އެގޮތަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިމްޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަވާނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ކުކުޅުބިހުގެ މުއްދަތު ހަމަވާ ދުވަސް އިތުރު ކުރުމަށް ޓްރީޓްމަންޓެއް ދީގެން އިމްޕޯޓްކުރާނަމަ، މުއްދަތު ދިގުކުރުމަށްޓަކައި ކޮށްފައިވާ ކަމެއް ބަޔާންކުރާ އުފެއްދި ގައުމުގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ބަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓް ހުށަހެޅުމުން ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަން ވާނީ ބަންދުކުރި ކާބޯތަކެތި ލޭބަލް ކުރުމުގެ ގައުމީ މިންގަނޑާ އެއްގޮތަށް ކަމަށާއި ފިހާރަތަކުގައި ވިއްކަން ހުންނަ ބިސް ވެސް ހުންނަން ވާނީ މުއްދަތު ހަމަވާ ތާރީޚު ގަންނަ ފަރާތަށް އެނގޭނެ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަސް ގައުމަކުން ކުކުޅު ބިސް އެތެރެނުކުރަން އެދެފި
ރާއްޖޭގައި ފޭކް ބިހެއް ނެތް؟
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
އެސްޓީއޯގެ ރޯދަ ސްޓޮކް: ބިހާއި އަލުވި ވެސް ބާޒާރަށް
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ރާއްޖެ އިން ބޭރަށް އާސަންދަ ފުޅާކުރުމުގެ ބަހުސް
ނަފުސާނީ ފުރަތަމައެހީ 3،000އަށްވުރެ ގިނަ މީހުންނަށް