ބޭރުގެ ބައެއް ގައުމުތަކުގައި ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕްލާސްޓިކް ކުކުޅު ބިސް އެންމެ ފަހުން ރާއްޖެ އަށް ވެސް އެތެރެކޮށް ވިއްކާ ކަމަށް ބުނާ ވާހަކަތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދޮގުކޮށްފި އެވެ.
ބޭރުގެ ބައެއް ގައުމުތަކުގައި ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕްލާސްޓިކް ކުކުޅު ބިސް އެންމެ ފަހުން ރާއްޖެ އަށް ވެސް އެތެރެކޮށް ވިއްކާ ކަމަށް ބުނާ ވާހަކަތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދޮގުކޮށްފި އެވެ.
ރާއްޖޭގައި ވެސް އާޓިފިޝަލް ކުކުޅު ބިސްތަކެއް ގެނެސް ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގަ އާއި ބައެއް ނޫސްތަކުގައި ވެސް ޖަހާފައިވެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައި ވަނީ ރާއްޖެ އަށް ގިނަ އަދަދަކަށް ކުކުޅު ބިސް އިންޑިއާ އިން ފޮނުވާ އެޖެންޓެއް ކަމަށްވާ ފިނެސް މާކެޓް ލިންކްގެ ބައެއް ކޭސްތަކުގައި ޕްލާސްޓިކް ބިސް ހުންނަ ކަމަށެވެ.
އިންޑިއާގެ ފިނެސް މާކެޓް ލިންކް އިން ފޮނުވާ ބިސް ކޭސްތަކެއް ލޮރިއަކުން ބާލަނީ: ޕްލާސްޓިކް ބިސް ގެނެސް ވިއްކާކަމުގެ ޝަކުވާ ލިބިގެން ކަމާ ބެހޭ ފަރާތްތަކުން ދަނީ އެކަން ބަލަމުން. ފޮޓޯ: ނިޝާން އަލީ /މިހާރު
އެ މައްސަލައާ ގުޅިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ޓްވީޓެއްގައި ބުނީ އާޓިފިޝަލް ބިސްތަކެއް ރާއްޖޭގައި ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ކަމެއް ފެނިފައެއް ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެއީ ހަގީގަތެއް ނަމަ، ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގްވާމީ ސިއްހީ ޖަމިއްޔާތަކުން އެކަމުގެ އިލްތިމާސް ނެރޭނެ ކަމަށެވެ. އެކަމަކު މިހާތަނަށް، އެއްވެސް ތަނަކުން އެ ފަދަ އެލާޓެއް ނެރެފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އެހެންވެ، އަޅުގަނޑުމެންނަށް އަދި ދެންނެވޭކަށް ނެތް އެއީ ރަނގަޅު ވާހަކައެއް ކަމެއް." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވަނީ މި ފަދަ ބިހެއް ކެވިގެން ސިއްހަތަށް އެއްވެސް ކަހަލަ ގެއްލުމެއް ކުރިމަތިވިހެން ހީވެއްޖެ ނަމަ އެކަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝިޔާޒް ވިދާޅުވީ އެފަދަ ބިސް ވިއްކާ ކަމުގެ ޝަކުވާ ލިބިގެން ސާމްޕަލް ޓެސްޓްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ބިސް ވިއްކާކަން އެނގޭނީ އެ ސާމްޕަލްގެ ނަތީޖާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްލާސްޓިކް ބިސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައި ހުންނަ ބައެއް ފޮޓޯ އާއި ވީޑިއޯއަށް ބަލާއިރު، އެ ބިސް ފެނުކެއްކުމުން، ބިހުގެ ހުދުބައި ހުންނަނީ ޕްލާސްޓިކް ވިރުވުމުން ހުންނަ ކަހަލަ ގޮތަކަށެވެ. އަދި އެ ހުދުބައިގައި އަލިފާން ޖެއްސުމުން ވިރިފައި ހުންނަ ތަން ވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ.
ދާދި ފަހުން ޗައިނާގައި ޕްލާސްޓިކް ހަނޑޫ އުފައްދައިގެން ވިއްކާ ކަމަށް ބުނެ ވީޑިއޯ އާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެކަމަކު އެފަދަ ހަނޑުލެއް ރާއްޖޭގައި ނުވިއްކާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
ކޮލިޓީ ދަށް ބޭހެއް ފާމަސީތަކަށް ނުވިއްކޭނެ:އެމްއެފްޑީއޭ
ނަޖިސް ހަރުލާފައި ހުންނަ ބިސް ވިއްކުން މަނާކޮށްފި
ފަސް ގައުމަކުން ކުކުޅު ބިސް އެތެރެނުކުރަން އެދެފި
ވިހަ އެކުލެވޭ ބިސް ރާއްޖެ އެތެރެ ކުރިތޯ ބަލަނީ
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ އޮންނަ ކެފޭތަކުގައި
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ރާއްޖެ އިން ބޭރަށް އާސަންދަ ފުޅާކުރުމުގެ ބަހުސް