17 ޖެނުއަރީ 2018
ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް މިއަދު ވަޅިން ހަމަލާދީފައި ވަނީ ފަސް މީހުންގެ ގުރޫޕަކުން ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް މިއަދު ވަޅިން ހަމަލާދީފައި ވަނީ ފަސް މީހުންގެ ގުރޫޕަކުން ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
އާއިލާ އިން ބުނީ ދަރިވަރުގެ ގަޔަށް ވަޅި ހެރުމުގެ އިތުރުން އެ ގުރޫޕުން އޭނާއާ މާރާމާރީ ވެސް ހިންގާފައިވާ ކަމަށެވެ. ޒަހަމްވި 14 އަހަރުގެ ދަރިވަރުގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އޭނާގެ ބޮލަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައި ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާ އަތުގެ ދެ އިނގިލި ބިންދައިގެން ގޮސްފައި ވަނީ މާރާމާރީގެ ތެރޭގައި ކަމަށް އާއިލާއިން ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް އޭނާގެ ހާލު ސީރިއަސްއެެއް ނޫނެވެ.
އަނިޔާވި ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސްކޫލު ނިމުނު ވަގުތު ފަސް މީހުންގެ ގުރޫޕަކުން އެ ސްކޫލު ދޮށުގައި ތިބެ ދަރިވަރަށް ގޮވި އެވެ. އަދި އެއަށް ދަރިވަރު އިޖާބަ ނުދިއުމުން ފަހަތުން ގޮސް އެ މީހުން ހަމަލާ ދިނީ ލިލީމަގުން ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
"ސީއެޗްއެސްއީ ކައިރިން ވަޅި ހެރީ. ހަމައެކަނި ވަޅި ހެރީއެއް ނޫން. ކޮއްކޮގެ ބޮލަށް ގެއްލުންވެފައި ހުރީމަ އޭނާގެ ގައިގައި ތަޅައިފަ ހުރި ކަމަށް ވެސް ބެލެވޭ،" ހދ. ނޭކުރެންދު އަށް ނިސްބަތްވާ ކުއްޖާގެ އާއިލާ އިން ބުންޏެވެ.
އޭނާ ބުނިގޮތުގައި ޒަހަމްވި ކުއްޖާ އާއި އެ ސްކޫލުގެ އެހެން ކުއްޖަކާ މައްސަލަތަކެއް ޖެހުނު ކަމަށް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު ހަމަލާދިނީ ސްކޫލު ކުދިންތަކެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ.
"ކޮއްކޮ ކިޔައިދިން ގޮތުގައި ބޯދިގުކޮށްގެން ތިބި ގުރޫޕަކުން ހަމަލާދިނީ،" ސްކޫލު ކުދިން ބޯދިގު ކުރުން މަނާކަން ފާހަގަކޮށް، އޭނާ ބުންޏެވެ.
ޒަހަމްވި ދަރިވަރަކީ 16 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ.
ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟
ދަރިވަރަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުނުކުރޭ
ދެ ހަމަލާ އިން އަނެއްކާވެސް ބިރުވެރިކަމެއް!
ޒަހަމްވި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި
ވަޅި ހެރުމުން ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް
ޒުވާނެއްގެ މެޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
މާރާމާރީގައި ޒަހަމްވި ދެ ޒުވާނުން ސީރިއަސް ހާލަތެއްގައި
ރޭ ވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލި
މާލޭގައި ރޭ ޒަހަމްކޮށްލި ޒުވާނާ ސީރިއަސް ހާލަތުގައި
ބިރު ދައްކާތީ ޓީޗަރު ފުރައިފި