Roadha Mihaaru
ރޭ ވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލި

ރޭ ވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލި

04 ސެޕްޓެމްބަރ 2018

މާލޭގައި ރޭ ވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ރޭ ވެސް މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހ. އަނދުންގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން ދަންވަރު 3:37 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ވިދާޅުވި އެވެ.

"އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހަމަަލާދީފައިވަނީ 33 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ވާތްފަރާތު އަރިކައްޓާއި ވައަތުން ބޮޑު ތަނެއް ފުންކޮށް ކަފާލާފައިވެ އެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.

މިދިޔަ ހަފުތާގައި މާލޭގައި ނުރައްކާތެރި މާރާމާރީތަކެއް ހިންގާފައި ވެ އެވެ. އޭގެ ތެރެއިން މާރާމާރީއެއްގައި 18 އަހަރުގެ ޒުވާނަކު މަރާލާފައިވާއިރު އޭގެ ކުރިން ހިންގި ހަމަނުޖެހުމެއްގައި ވެސް ޒުވާނެއްގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.