Roadha Mihaaru
ޒުވާނެއްގެ މެޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ޒުވާނެއްގެ މެޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

27 އޮކްޓޯބަރ 2018

ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ޒުވާނެއްގެ މެޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ޒުވާނެއްގެ މެޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ.

އެ މާރާމާރީގައި ޒަހަމްވި 28 އަހަރުގެ ފިރިހެން މީހާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ މާރާމާރީގައި ޒަހަމްވި ޒުވާނަކަށް އެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ 14 އަހަރުގެ ކުއްޖެއް ވެސް ވަނީ މަރާލައިފަ އެވެ.

މާލޭގައި މި ދުވަސްކޮޅު އަނެއްކާ ވެސް މާރާމާރީތައް އިތުރުވެފައި ވާތީ، އެކަން ހުއްޓުވުމަށް، ފުލުހުން ވަނީ ހާއްސަ އިސްކަމެއް ދީގެން މީހުން ބަލައި ފާސް ކުރުމުގެ މަސައްކަތް ވެސް ކޮށްފަ އެވެެ.