ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއާލައިން ފްލައިޑުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
17 ޖެނުއަރީ 2018
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއާލައިން ފްލައިޑުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ފްލައިޑުބާއީގެ ދަތުރުތައް އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ރާއްޖެއަށް ދަތުރުކުރަން އެ އެއާލައިނުން ބުކިން ހަދާފައިވާ ފަރާތްތަކުން ބޭނުން ނަމަ އެމިރޭޓްސްއިން ދަތުރުކުރެވޭ ގޮތް ހަމަޖައްސައިދެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނޫން ނަމަ އެހެން މަންޒިލަކަށް އަދި ޓިކެޓަށް ކުރި ހަރަދު އަނބުރާ ދެވިދާނެ ކަމަށް ވެސް ފްލައިޑުބާއީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފްލައިޑުބާއީގެ މަތިންދާބޯޓުތަކެއް ދުބާއީ އެއާޕޯޓުގައި ޕާކުކޮށްފައި: އެ އެއާލައިނުން ބުނީ ފެބްރުއަރީ 27ގެ ފަހުން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް އެމިރޭޓްސް އިން ދަތުރުކުރެވޭނެ،
އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަނީ ކީއްވެގެން ކަމެއް ނުބުނެ އެވެ. ނަމަވެސް ފްލައިޑުބާއީގެ ދަތުރުތައް ހުއްޓާލަނީ އެ އެއާލައިނާއި އެމިރޭޓްސްއިން ކޯޑްޝެއާ ކުރާ ގޮތަށް ހަމަޖެއްސުމުން ކަމަށްވެ އެވެ. އެ އެއާލައިންގެ ދަތުރުތައް ހުއްޓާލާއިރު އެމިރޭޓްސް އިން މިއަހަރުގެ ސީޒަނާ ދިމާކޮށް ދުބާއީ އާއި ރާއްޖެއާ ދެމެދު ދުވާލަކު ފަސް ދަތުރުކުރެ އެވެ.
ފުލައި ޑުބާއީން ރާއްޖެއަށް ޖެނުއަރީ 19، 2013 ގައި ދަތުރުތައް ފެށިއިރު ހަފުތާއަކު ފަސް ފްލައިޓް ބޭއްވި ނަމަވެސް މިހާރު އޮންނަނީ ހަފުތާއަކު ހަތަރު ފްލައިޓެވެ.
ރާއްޖެއަށް އެންމެ ގިނަ ބަޔަކު އައީ އެމިރޭޓްސް އިން
ފްލައިދުބާއީގެ ދަތުރުތައް އަލުން ފަށައިފި
10 އެއާލައިނަކުން ސްލޮޓަށް ވަނީ އެދިފައި:އެމްއޭސީއެލް
ތެޔޮބައުޒަރަކުންޖެހި ފްލައިދުބާއީ ބޯޓެއް ގްރައުންޑްވެއްޖެ
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ފެނުނީ ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ނުރައްކާތެރިކަން!
"އެއް ފްލައިޓް ކެންސަލް، ދެ ފްލައިޓް ޑިލޭ ވާނެ"
ރާއްޖެއަށް އެތައް ފްލައިޓެއް ޑިލޭ ވެދާނެ!
އިގުތިސާދީ ކުރިއެރުން އާ ޓާމިނަލް ނިންމުމާ ގުޅިފައި!
ފުރަތަމަ ޓޫރިސްޓު، ރާއްޖެއަށް އޮތީ އާއިލީ ލޯތްބެއް