Roadha Mihaaru
މާފުށީ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައިފި

މާފުށީ ކައުންސިލަރުންގެ ސަސްޕެންޝަން އެލްޖީއޭއިން އުވާލައިފި

18 ޖެނުއަރީ 2018

ކ. މާފުށީ ކައުންސިލަރުން ގޭގައި މަޑުކުރަން އެ އަތޮޅު ކައުންސިލުން އެންގި އެންގުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. މާފުށީ ކައުންސިލަރުން ގޭގައި މަޑުކުރަން އެ އަތޮޅު ކައުންސިލުން އެންގި އެންގުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބާތިލްކޮށްފި އެވެ.

މާފުށީ ކައުންސިލްގެ ތިން މެމްބަރުންނަށް ރައްދުވާ މައްސަލައެއް ބަލާތީ، މާލެ އަތޮޅު ކައުންސިލުން އިއްޔެ ވަނީ މައްސަލަ ބަލައި ނިމެންދެން އެ ބޭފުޅުން ގޭގައި މަޑުކުރަން އަންގައިފަ އެވެ.

ނަމަވެސް، މާލެ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ރައޫފަށް އެލްޖީއޭއިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މާފުށީ ކައުންސިލަރުންނާ ގުޅޭ މަައްސަލައިގެ މައުލޫމާތުތައް އަތޮޅު ކައުންސިލުން އެލްޖީއޭއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަން ނިންމާފައި ވާތީ، މާފުށީ ކައުންސިލަރުން ސަސްޕެންޑް ކުރަން އަތޮޅު ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރީ ކަމަށް އެލްޖީއޭއިން ބުނެ އެވެ.

"ތިޔަ ކައުންސިލުން މި އޮތޯރިޓީއާ ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލައި ދެންނެވުނު މައްސަލަ މި އޮތޯރިޓީން ބެލުމަށް ނިންމާފައިވާތީ، މާލެ އަތޮޅު މާފުށީ ކައުންސިލްގެ މެމްބަރުން ގޭގައި މަޑުކުރުމަށް ތިޔަ ކައުންސިލުން އަންގަވާފައިވާ އެންގެވުން މި އޮތޯރިޓީން ބާތިލް ކޮށްފީމެވެ،" އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަފީގު މަހުމޫދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވެ އެވެ.

މާފުށީ ކައުންސިލްގައި ތިއްބަވަނީ އިދިކޮޅު އެމްޑީޕީ އާއި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެމްބަރެކެވެ.