އިދާރީ މުވައްޒަފުންނަށް ބިރު ދެއްކެވުމާއި މާލިއްޔަތުގެ ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުގައި ކ. މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ތިން މަހަށް އިއްޔެ ސަސްޕެންޑްް ކޮށްފި އެވެ. މިއީ އޭނާ ސަސްޕެންޑްކުރި ތިން ވަނަ ފަހަަރެވެ.
21 ޑިސެމްބަރ 2016
އިދާރީ މުވައްޒަފުންނަށް ބިރު ދެއްކެވުމާއި މާލިއްޔަތުގެ ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުގައި ކ. މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ތިން މަހަށް އިއްޔެ ސަސްޕެންޑްް ކޮށްފި އެވެ. މިއީ އޭނާ ސަސްޕެންޑްކުރި ތިން ވަނަ ފަހަަރެވެ.
އެކަމަކު އަތޮޅު ކައުންސިލުން އެ ފިޔަވަޅު އެޅި ނަމަވެސް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އަދި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުސްތޮފާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. މިއީ އެ ރަށަށް ލިބެމުން އަންނަ ތަރައްގީއާ ގުޅިގެން، އެކަމަށް ހަސަދަވެރިވާ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށު ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކުރުމުގެ ބާރު އަތޮޅު ކައުންސިލްތަކަށް އޮވެ އެވެ. ނަމަވެސް ސަސްޕެންޑެއް ނުވަތަ ފިޔަވަޅެއް އެޅިކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަންގަން ޖެހޭނެ އެވެ.
މުސްތޮފާ ސަސްޕެންޑް ކުރީ، ރަށު ކައުންސިލްގެ ބައެއް މެމްބަރުން ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ.
މާފުށީ ކައުންސިލަށް މުސްތަފާ އިންތިހާބުވީ ބައި އިލެކްޝަނަކުން ޕީޕީއެމްގެ ޓިކެޓުގައި މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގަ އެވެ.
އޭނާ ވިދާޅުވީ ކައުންސިލަށް އިންތިހާބުވިއިރު ކައުންސިލްގެ މަސައްކަތްތައް އޮތީ "ހުއްޓިފައި" ކަމަށާއި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގިނަ ކަންތައްތަކެއް ކުރަައްވާފައިވާނެ ކަމަށެވެ.
"ކައުންސިލްގެ ރައީސްކަމާ ހަވާލުވިއިރު ކައުންސިލްގެ މަސައްކަތްތައް ވަރަށް ބޮޑަށް ހުއްޓިފައި އޮތީ. އޭގެ ތެރޭގައި ވަރަށް މުހިއްމު ސިޓީތަކަށް ޖަވާބު ނުދީ ވެސް ގިނަ ދުވަސްތަކެއް ވެފައި ހުރި،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ފުރަތަމަ ސަސްޕެންޑް ކުރީ އެ ރަށުގެ ހުސް ބިންތަކުގައި ގެސްޓްހައުސް ހެދުމާ ގުޅޭ އުސޫލަކަށް ރަށު ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލުމުންނެވެ. ދެ ވަނަ ފަހަރު ސަސްޕެންޑުކުރީ ގޭ ހެދުމަށް 100 ގޯތި ދޫކުރަން ނިންމި ނިންމުމަކާ ގުޅިގެންނެވެ.
މާފުށީ ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައިފި
ތަރައްގީގެ ދުވެލި ބަރުހެލީ ލާމަރުކަޒީ ކުރަން ނުކެރޭތީ
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ގުރައިދޫ ދާއިރާގެ ވޯޓު ގުނުން ރޯދަ ވީއްލައިގެން!
އެލްޖީއޭއާ މެދު ދެކޭގޮތް ބަދަލުވާންޖެހޭ: އަފްޝަން
ހުޅުމާލޭގެ ބިމާގުޅޭ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފި
ޕީސީއާރު ޓެސްޓު ހުށަހެޅުމުން ޔާމީންއާ ބައްދަލުކޮށްދޭނަަން
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
އެލްޖީއޭގެ ސީއީއޯއަށް އެމްޑީޕީ ޑެޕިއުޓީ އެސްޖީ އަފްޝަން