Roadha Mihaaru
ވިލާ ހައި ސްކޫލުގެ އޯޕަންޑޭ މިއަދު ހަވީރު ބާއްވަނީ

ވިލާ ހައި ސްކޫލުގެ އޯޕަންޑޭ މިއަދު ހަވީރު ބާއްވަނީ

19 ޖެނުއަރީ 2018

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޯޕަންޑޭ މިއަދު ހަވީރު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޯޕަންޑޭ މިއަދު ހަވީރު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެ ސްކޫލުން ބުނީ މެންދުރުފަހު 3:30 އިން 6:00 ޖަހަންދެން، އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ސްކޫލާ ގުޅޭ މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ.

އެ ސްކޫލުގެ ގޯތިި ތެރޭގައި ބާއްވާ އޯޕަން ޑޭގައި ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޫލުގައި ހިންގާ ހަރަކާތްތަކާއި ވަކިވަކި ސްޓްރީމްތަކާއި އެ ސްޓްރީމްތަކާ ގުުޅިފައިވާ މާއްދާތަކާ ގުޅޭ މައުލޫމާތު ދެވޭނެ ކަމަށް ބުންޏެވެ.

އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުން ކިޔަވަންޖެހޭނެ މާއްދާތަކާ ގުޅޭ މައުލޫމާތު ވެސް އޯޕެން ޑޭ އިން ލިބޭނެ ކަމަށް ވިލާ ހައި ސްކޫލުން ފާހަގަކުރެ އެވެ.

ސައިންސާއި ބިޒްނަސް އަށް ކިޔަވައިދެމުން އަންނަ ވިލާ ސްކޫލުން 600 އެއްހާ ދަރިވަރުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ކުރިން ވިދާޅުވީ، އޯ ލެވެލް ނަތީޖާ ދޫކުރަން ފެށުމާއެކު، މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އެ ސްކޫލުގައި ކިޔެވުމަށް އެދޭ ފޯމް ބަލައިގަންނާނެ ކަމަށެވެ.

އޯ ލެވެލްގެ ފަސް މާއްދާ އިން ފާސްވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި، އެއްވެސް ފީއެއް ނުދައްކައި ކިޔެވޭނެ އެެވެ. ނަމަވެސް އެއަށް ވުރެ ނަތީޖާ ދަށް ދަރިވަރުންނަށް ވެސް ފުރުސަތު ދޭނެ ކަމަށާއި އެކަމަކު މަހު ފީއެއް ދައްކަން ޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.