މިއީ އެއްކަލަ، އދ. މާމިމިގިއްޔާއި ފެންފުށިން ކުނި ކަހަން ކޮންމެ ދުވަހަކު ހެނދުނު މިރަށަށް އަންނަ އަންހެންވެރިންގެ ހިތުގެ އުދާހެވެ. އެމީހުން މިއަދު ތިބީ ގޮތްހުސްވެފަ އެވެ. ސަން އައިލެންޑް ހުއްޓުމަކަށް އަތުވެއްޖެ ނަމަ، އެކަމުގެ އަސަރު މި ފަންސާހަކަށް އަންހެންވެރިންނަށް ވެސް ކުރާނެ އެވެ. އެމީހުންގެ އެ ކުނިކެހުން އިސާހިތަކު ނިމުމަކަށް އަންނާނެ އެވެ.
23 ޖެނުއަރީ 2018
މިއީ އެއްކަލަ، އދ. މާމިމިގިއްޔާއި ފެންފުށިން ކުނި ކަހަން ކޮންމެ ދުވަހަކު ހެނދުނު މިރަށަށް އަންނަ އަންހެންވެރިންގެ ހިތުގެ އުދާހެވެ. އެމީހުން މިއަދު ތިބީ ގޮތްހުސްވެފަ އެވެ. ސަން އައިލެންޑް ހުއްޓުމަކަށް އަތުވެއްޖެ ނަމަ، އެކަމުގެ އަސަރު މި ފަންސާހަކަށް އަންހެންވެރިންނަށް ވެސް ކުރާނެ އެވެ. އެމީހުންގެ އެ ކުނިކެހުން އިސާހިތަކު ނިމުމަކަށް އަންނާނެ އެވެ.
"އަޅެ ފަހެ، ގާސިމަށް ކޮން ދުއްތުރާއެއް ސަރުކާރުން ކުރާކަށްތަ؟ ގާސިމް އަތުނުޖެހޭ ހިސާބުގައި ހުރީމަ މި ދިމާކުރަން ފެށީ ގާސިމްގެ ވިޔަފާރި އިނދަ ޖައްސާލަން. މިއީ ދެން ބޮޑުވަރު،" ރިސޯޓުގެ އަރާމު ސްޕާ ކައިރީގައި ކުނިކަހަން އޮތް ފާތުމަތު މަނިކު، ޖެހިގެން އޮތް މުސްކުޅި އަންހެނެއްގެ ގާތު ބުންޏެވެ.
ހަގީގަތުގައި ވެސް އަންހެންވެރިން ތިބީ ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެމީހުންގެ ހިތުގެ ޝުއޫރުތައް "ބަންޑުން" ކޮށްލީ ނޫސްވެރިންކަން އެނގުނު ހިސާބުންނެވެ. އެހާ ހިސާބުން އެމީހަކަށް ކިޔުނު އެއްޗެއް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ވެސް ގޮވަން ފެށި އެވެ.
ސަން އައިލެންޑްގައި މީހަކު ކުނި ކަހަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ތިން ކުދިން ގޮވައިގެން ފެންފުށީގައި ދިރިއުޅޭ 52 އަހަރުގެ ޒުބައިދާ އަލީ އަކީ ކުނި ކަހައިގެން ލިބޭ އާމްދަނީން ގޭގެ ހަރަދުތައް ބަލަހައްޓަމުން އަންނަ އެކަނިވެރި މައެކެވެ. ޒުބައިދާ ބުނި ގޮތުގައި ވަޒީފާ ގެއްލިއްޖެ ނަމަ، ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދަން ދަތިވާނެ އެވެ. އެހެންވެ، މީގައި އޮތް ގޮތަކީ، ދައުލަތަށް ފައިސާއެއް ދައްކަން ގާސިމަށް ޖެހިއްޖެ ނަމަ، އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު، އެ ފައިސާ ދެއްކުން ކަމަށް އޭނާ ގަބޫލުކުރެ އެވެ. މިއީ ދާއިމީ ހައްލެއްގެ ގޮތުގައި އޭނާ ގަބޫލުކުރެ އެވެ.
އަންހެންވެރިންގެ ނަޒަރުގައި މިއީ ހަމައެކަނި ގާސިމަށް ދެވޭ އަނިޔާއެއް ނޫނެވެ. ވިލާގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންގެ "ކަރުގައި މަޅިއެއް" ޖެއްސުން ފަދަ ކަމެއް ކަމަށް އެމީހުން ދެކެ އެވެ. އެމީހުންގެ ވަޒީފާ ގެއްލިއްޖެ ނަމަ، ސަރުކާރުން ވަޒީފާ ހޯދައިދެވޭނެތޯ އެމީހުން ސުވާލުކުރެ އެވެ.
ގާސިމްގެ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރުމަށް އެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.
ވިލާ ގްރޫޕްގެ ޗެއާމަން ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ އެވެ. އަދި ފަންގައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އެކަމަކު ސަރުކާރުގެ ފިޔަވަޅުތައް މިހާރު ވަނީ ކުޑަކޮށް މަޑުޖައްސާލައިފަ އެވެ. އެގޮތުން އިއްޔެ ސަރުކާރުން ވަނީ ވިލާގެ ރިސޯޓްތަކަށް ރަލާއި އޫރު މަސް އެތެރެކުރަން 14 ދުވަހުގެ ވަގުތީ ހުއްދައެއް ދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ވިލާގެ ރިސޯޓުތަކަށް ވަގުތީ ލައިސަންސެއް ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމަކީ އިގްތިސާދަށް މުހިއްމު ސިނާއަތަށް ވާތީވެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި، ޓޫރިސްޓުންނާ ގުޅުން ހުރި ހިދުމަތްތައް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގާސިމްގެ އުފަން ރަށް މާމިގިލީގައި ބޭއްވި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. ---ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ ކަމަށެވެ.
އެކަމަކު، ދައުލަތަށް ވިލާގެ ކުންފުނިން އެއްޗެއް ދައްކަން ޖެހޭ ކަމަކަށް އެތަނުގެ މުވައްޒަފުން ގަބޫލެއް ނުކުރެ އެވެ. އެމީހުން ބުނާ ގޮތުގައި އެއީ ރައްޔިތުންނަށް އޮޅުވާލަން ވެގެން ސަރުކާރުން ދައްކާ ވާހަކަތަކެވެ.
ކުނި ކަހާ މީހުންނާއި ރިސޯޓުގެ މުވައްޒަފުންނަށް ރޮށި ފިހަން ފެހެންދޫން އަންނަ އަންހެނުންނަށް ސަން އައިލެންޑުން މަހު މުސާރަ ދެ އެވެ. އެކަން ގާސިމް ދަމަހައްޓަވަނީ އެ މީހުންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ އެވެ.
"އަހަރުމެން ދެކެމުން އަންނަނީ ގާސިމަކީ ފަގީރުންގެ ބައްޕަ ކަމުގައި. ގާސިމްގެ އެހީއެއް ނުލިބޭ ދާއިރާއެއް ނުހުންނާނެ. ގާސިމްގެ އެހީތެރިކަން ދިވެހި ކޮންމެ އާއިލާއަކަށް ހެން ލިބިފައިވޭ. ގާސިމަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރުމެންނަށް ލިބޭ ގެއްލުމެއް،" ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ އަންހެނަކު ބުންޏެވެ.
ވިލާ ގްރޫޕްގެ ރިސޯޓުތަކަށް ބަނގުރާ ގެންދިއުމުގައި ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ، ރިސޯޓުތަކަށް އަރައި ބަލައި ފާސްކޮށް ތަކެތި ގެންދާ މައްސަލައާ ދެކޮޅަށް ވިލާގެ ރިސޯޓުތަކުގައި މުވައްޒަފުން ވަނީ މުޒާހަރާކޮށްފަ އެވެ. އެމީހުން ތިބީ ސަރުކާރުގެ އަމަލުތަކުން ވަޒީފާ ގެއްލިދާނެތީ ރުޅިގަދަވެފަ އެވެ.
އަންހެނަކު ސަން އައިލެންޑްގައި ކުނިކެހުމުގެ މަސައްކަތުގައި ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސަން އައިލެންޑްގައި މަސައްކަތް ކުރާ އަހުމަދު ފާއިޒް ބުނި ގޮތުގައި ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ އެންމެންގެ ނަފްސާ ގުޅިފައި އޮތް ކަމެކެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ އެމީހުންގެ ނަފްސު ނައްތާލުމަށް ކުރެވޭ ކަމެކެވެ.
"އަޅުގަނޑުގެ އާއިލާއަށް ކާން ބޯން ދޭން ކުރާ މަސައްކަތް މި ރިސޯޓުން ކުރަނީ. މިއުޅެނީ އެއްޗެއް ގެނައުން މަނާކުރާކަށް ނޫން. ސަރުކާރުން މިއުޅެނީ ޓޫރިޒަމް ނައްތާލަން ވެގެން،" ފާއިޒް ބުންޏެވެ.
އަންހެންވެރިން ރިސޯޓްގައި ކުނިކަހާ މަންޒަރު ބަލަން ޓޫރިސްޓުން ވެސް ތިބެ އެވެ. އެ މީހުންނަށް އެކަން ވަރަށް ހިތްގައިމެވެ. ނަމަވެސް، ސަރުކާރުން ވިލާގެ ރިސޯޓްތަކަށް ކުރިމަތިވިކުރުވާ ހުރަސްތައް ކުރިއަށް ގެންގޮސްފި ނަމަ އޭގެ ނުބައި އަސަރު އެންމެ އަވަހަށް ކުރާނެ އެއް ބަޔަކަށް އެ އަންހެންވެރިން ވުން ކައިރި އެވެ.
"ކޮއްކޯ، ދެން އަހަރުމެން މިހެން ގުދަށް އޮވެގެން ކުނި ކަހާ ތަން ނުފެނިދާނެ،" އޭގެ ތެރެއިން އެކަކު ބުނެލި އެވެ.
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
މާމިގިލީ ރައްޔިތުންގެ އާދޭހާއި ކަރުނަ
އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަސްޓަމްސް
ރާ އެތެރެކުރުމަށް ރޯޔަލްއަށް ދިން ހުއްދަ ހިފަހައްޓައިފި