Roadha Mihaaru
މާމިގިލީ ރައްޔިތުންގެ އާދޭހާއި ކަރުނަ

މާމިގިލީ ރައްޔިތުންގެ އާދޭހާއި ކަރުނަ

21 ޖެނުއަރީ 2018

މި ރަށުގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ރަށަަށް ވަންނަ ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް އެވެ. އޭނާގެ އެކި ވިޔަފާރިތަކުގެ ތެރޭގައި ަދ. މާމިގިލީގެ ވަޒީފާ އަދާކުރާ އާބާދީގެ ވަރަށް ބޮޑު އާބާދީއެއް ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ޒުވާނުންގެ އިތުރުން ދުވަސްވީ މުސްކުޅިން ވެސް ހިމެނެ އެވެ.

މުހައްމަދު ޔާމީން ސަން އައިލެންޑް ރިސޯޓުން މުހައްމަދު ޔާމީން

މި ރަށުގެ ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ރަށަަށް ވަންނަ ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް އެވެ. އޭނާގެ އެކި ވިޔަފާރިތަކުގެ ތެރޭގައި ަދ. މާމިގިލީގެ ވަޒީފާ އަދާކުރާ އާބާދީގެ ވަރަށް ބޮޑު އާބާދީއެއް ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ޒުވާނުންގެ އިތުރުން ދުވަސްވީ މުސްކުޅިން ވެސް ހިމެނެ އެވެ.

މާމިގިލީ މަގުތަކުގައި އިދިކޮޅު ފަރާތަކުން މިއަދު ބޭއްވި މުޒާހަރާގައި ވެސް ފެނިގެން ދިޔައީ އެ މަންޒަރެވެ. ބައެއް މީހުން ގާސިމަށާއި އޭނާގެ ވިޔަފާރި އަށް ހެޔޮ ދުއާ ކުރަމުން ގެންދިޔައިރު، ލޮލުން ކަރުނަ އައީ ސަބަބުތަކެއް ހުރެގެންނެވެ. އެންމެ ބޮޑު ސަބަބަކީ، ވިލާގެ ރިސޯޓުތަކަށް ކުރިމަތިވެފައިވާ ބަނަ ދުވަސްވަރުގެ ސަބަބުން ރިސޯޓްތައް ހުއްޓުމަކަށް ހިނގައިދާނެތީ އެވެ. އޭރުން އޭގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ މި ރަށު މީހުން ކަން ޔަގީނެވެ.

ގާސިމްގެ ނަފްސާއި މުދަލަށް ގެއްލުންދީ ވިލާ ކުންފުންޏަށް ގެއްލުންދޭން ކުރާ ކޮންމެ ކަމެއް ނާކާމިޔާބުކޮށް، ބަލި ކުރުމަށާއި ހައްގަކާ ނުލައި ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމުން މިންޖުކޮށް ދެއްވައި މިނިވަނެއްގެ ގޮތުގައި ބައްދަލުވާނެ ގޮތެއް މެދުވެރިކޮށްދިނުމަށް އެދި ދުއާ ކޮށްފައި ވެ އެވެ.

މާމިގިއްޔަކީ ގާސިމްގެ އުފަން ރަށެވެ. މި ރަށުގައި އެއާޕޯޓެއް އަޅައި، އެ އެއާޕޯޓް ހިންގައި، އަދި މާމިގިއްޔާ ކައިރީގައި ދެ ރިސޯޓު ވިލާއިން އޮޕަރޭޓް ކުރެ އެވެ. މާމިގިލީގައި ކިޔަވާ ނިންމާ އެތަކެއް ކުދިންނަށް އިންޓާންޝިޕް ދެ އެވެ. ކައިރީގައި އޮތް ސަން އައިލެންޑް ރިސޯޓް ކުނި ކަހަން ކޮންމެ ދުވަހަކު އެތަކެއް ބައިވަރު އަންހެނުން މާމިގިއްޔާއި ފެންފުށިން ދެ އެވެ. އަދި، ސަން އަށް ބޭނުންވާ ރޮށި ވެސް ފިހެދެނީ މި ދެ ރަށު މީހުންނެވެ.

މާމިގިލީގައި ބޭއްވި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް މިއަދު އަޑުއުފުލަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާމިގިލީގައި ބޭއްވި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް މިއަދު އަޑުއުފުލަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިއަދުގެ މުޒާހަރާގައި ވަރަށް ގިނަ މީހުން ވަނީ ވިލާގެ ރިސޯޓްތައް ހުއްޓިދާނެތީ އެ މީހުންގެ އާއިލާތަކަށް ދިމާވެދާނެ ދަތިތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށާއި ރައްޔިތުންނަށް އަނިޔާވެރިވުން ސަރުކާރުން ނިމުމަކަށް ގެނައުމަށެވެ. ހާއްސަކޮށް، ގާސިމްގެ މުދަލަށް ގެއްލުން ދިނުން ހުއްޓާލުމަށާއި ވިޔަފާރި ފުނޑާނުލުމަށް އެ މީހުން ގޮވާލި އެވެ.

މީގެއިތުރުން މި އަހަރު އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން މާމިގިއްޔަށް ވޯޓު ހޯދުމަށް ވަޑައިނުގަތުމަށާއި "މާމިގިލިން ފަސް ޕަސަންޓު ވޯޓު ވެސް ނުލިބޭނެ" ކަމަށް ވެސް އެމީހުން ބުނަމުން ދިޔަ އެވެ.

މާމިގިލީގައި ބޭއްވި މުޒާހަރާއަށް ފަހު، މުޒާހަރާގެ ބައިވެރިން މިއަދު ދުއާ ކުރަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާމިގިލީގައި ބޭއްވި މުޒާހަރާއަށް ފަހު، މުޒާހަރާގެ ބައިވެރިން މިއަދު ދުއާ ކުރަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާމިގިލި ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު މާމިގިލީގައި ހުންނަވައި "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ގާސިމްގެ ރިސޯޓުތައް ހުއްޓާލަން ޖެހިއްޖެނަމަ، އެ ރަށުގައި އުޅޭ އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާނެ އެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް ކެތްކޮށްގެން ގޭގައި ނުތިބެވުނު ސަބަބެއް ކަމަށާއި ގާސިމްގެ ވިޔަފާރި ފުނޑާލުމަށް ކުރާ މަސައްކަތް ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މާމިގިލީ ރައްޔިތުން މިތިބީ ރިސޯޓުތައް ހިމާޔަތް ކުރުމަށާއި އެތަންތަނުގެ ދިފާއުގައި ރިސޯޓުތަކަށް އަރަން ޖެހުނަސް، އެކަން ކުރަން ތައްޔާރަށް،" އަބްދުﷲ ވިދާޅުވި އެވެ.

ގާސިމްގެ އުފަން ރަށުގައި މިއަދު ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން. - ފޮޓޯ: މިހާރު

ގާސިމްގެ އުފަން ރަށުގައި މިއަދު ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން. - ފޮޓޯ: މިހާރު

މުޒާހަރާގެ ބައިވެރިން ތިބީ، ގާސިމަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ ތަފާތު ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެގޮތުން ގިނަ މީހުން ތިބީ "ގާސިމް މިނިވަން ކުރޭ" މިހެން ޖަހާފައިހުރި ބޯޑުތައް ހިމެނެ އެވެ. އަދި ގިނަ ބަޔަކު ތިބީ ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

ގާސިމްގެ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ރިސޯޓުތަކުގެ މުވައްޒަފުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މުޒާހަރާތަކުގައި ވިލާ މުވައްޒަފުންގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ކަސްޓަމްސްގެ ތަހުގީގު ޓީމުތައް ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން ދާ ކަމުގެ ތުހުމަތުގަ އެވެ. އެގޮތުން ކަސްޓަމްސްއިން ވަނީ ކޯޓު އަމުރަކާއެކު ފަން އައިލެންޑް ރިސޯޓަށް އަރައި، އެ ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓަށް ދީފައިވާ ހުއްދަ މިއަދުން ފެށިގެން ހަ މަސް ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އެހެންކަމުން، ގާސިމްގެ ރިސޯޓުތަކަށް ބަނގުރަލާއި އޫރު މަސް އެތެރެކުރުން ނިމުމަކަށް ވަނީ އައިސްފަ އެވެ.

މިއީ، ގާސިމަށް ބިރު ދައްކައި އޭނާގެ މުދާ ފޭރިގަތުމަށް ހިންގާ އަމަލެއް ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. ނަމަވެސް ކަސްޓަމުން ބުނާ ގޮތުގައި ވިލާގެ ރިސޯޓްތައް ބަލައި ފާސްކުރުމަށް މިހާރު ހިންގާ އޮޕަރޭޝަނަކީ ވަކި ކުންފުންޏެއްގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫނެވެ. ރާފުޅިތައް ގެންދިޔަ މައްސަލަ ވިލާ އިން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.