ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަށްތަކަށް އަރައިގެން އެ ހިންގަނީ އިގުތިސޯދީ ޖަރީމާއެއް ކަމަށާއި އޭގެ އަސަރު ރާއްޖޭގެ ފުދުންތެރިކަމަށް ވެސް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
21 ޖެނުއަރީ 2018
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަށްތަކަށް އަރައިގެން އެ ހިންގަނީ އިގުތިސޯދީ ޖަރީމާއެއް ކަމަށާއި އޭގެ އަސަރު ރާއްޖޭގެ ފުދުންތެރިކަމަށް ވެސް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ ކުންފުނީގެ ހަތަރު ރިސޯޓެއްގައި ހުރި ބަނގުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދަން އެ އިދާރާއިން ފަށާފައިވާ އޮޕަރޭޝަން ކުށްވެރިކޮށް އަދީބު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައި އޮންނަނީ އަދި ރާއްޖެ އިސްތިހާރު ކުރުމުގައި ބޭނުންކުރާ އެންމެ ބޮޑު ކަމަކީ މި ގައުމުގެ ހަމަޖެހުމާއި ޓޫރިސްޓުންގެ ޒާތީ މިނިވަންކަމެވެ.
ނަމަވެސް އެކަންތަކަށް ބެލުމެއް ނެތި، ޓޫރިސްޓުންގެ ކުރިމަތީގައިި ދައުލަތުގެ އިދާރާތަކުން ހިންގާ އަމަލުގެ ސަބަބުން މުޅި ސިނާއަތަށް ގެއްލުން ލިބޭނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"މިއީ ގާސިމް އިބްރާހިމަށް ދެވޭ ގެއްލުމަކަށް ވުރެ ބޮޑަށް ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ދިގު މުއްދަތަކަށް ދެވޭނެ ގެއްލުމެކެވެ. މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. ގާސިމަކީ ދިވެހި އެތައް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދެމުން ގެންދަވާ، ދިވެހި އިގުތިސޯދުގެ މައި އެއް ތަނބެވެ. އަދި އެތައް ދިވެހި ރައްޔިތުންނަށް ތައުލީމުގެ ފުރުސަތު ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ދިވެހި ގައުމުގެ ހާދިމެކެވެ،" ނައިބު ރައީސް ކަމުގައި ހުންނެވި އިރު އެންމެ ބޮޑު ހަތުރާ ބެހޭ ގޮތުން އަދީބު ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.
ރާއްޖެއިން މިހާރު ފެންނަނީ ސިޔާސީ ފަރާތްތައް ފުނޑުފުނޑު ކޮށްލަން ސަރުކާރުން، ދިވެހިންގެ ވަޒީފާ އާއި ދިރިއުޅުން ހަލާކުކޮށްލަން ފަސްނުޖެހޭ ތަން ކަމަށާއި ކުއްލި ހާލަތު އިއުލާނުކުރުމާއި ސިޔާސީ ފަރާތްތައް ޖަލަށް ލުމުގެ ނަތީޖާއެއްގެ ގޮތުން، އިގުތިސޯދީ ބޮޑު ޕްރޮޖެކްޓެއް ވެސް ނުލިބި ގައުމު ދަަރަނިވެރިވެ އެކަހެރިވެފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
ގާސިމްގެ ވިޔަފާރިއަށް ދަތިކޮށް އޭނާ ކޮންޓްރޯލްކޮށް ގެންގުޅުމަކީ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ސިޔާސަތެއް ކަން ވެސް ފާހަގަކޮށްފައި ވެ އެވެ. އަދި އަދީބު އިސްވެ ހުންނަވައި ހެދި ސެޓްލްމަންޓް އެގްރީމަންޓަށް ބެލުމެއް ނެތި ގާސިމްގެ ފަޅުތަކާ ރަށްތައް އަތުލަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސްއިން އިއްޔެ ފަން އައިލެންޑަށް އަރައި ގިނަ އަދަދެއްގެ ރާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެހެން ތިން ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރައި އެ ތަންތަން ފާސްކޮށް، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ބަނގުރާ ގެންދާނެ ކަން ވަނީ އަންގައިފަ އެވެ. ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ހުއްޓާލާފައިވާއިރު ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ. އޭގެ އިތުރުން މިއަދު ވަނީ ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހިފަހައްޓާފަ އެވެ.
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ވިލާގެ ރިސޯޓުތައް ހުއްޓިދާނެ: ސަރުކާރު
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
މައްސަލަތައް ހައްލު ކުރަން މަޓީއާ މަޝްވަރާ ކުރަނީ
ގާސިމްގެ ރިސޯޓުތަކުގައި މުޒާހަރާ ކުރަނީ
ރާ އެތެރެކުރުމަށް ރޯޔަލްއަށް ދިން ހުއްދަ ހިފަހައްޓައިފި
ވިލާގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި
ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެނުކުރެވޭ ގޮތް ހަދައިފި