Roadha Mihaaru
"ނޯ-ކެލަރީ ސްވީޓްނާ" އިން ބަރުދަން ލުޔެއް ނުވޭ

"ނޯ-ކެލަރީ ސްވީޓްނާ" އިން ބަރުދަން ލުޔެއް ނުވޭ

08 ޖެނުއަރީ 2019

ބަރުދަން ލުއިކުރަން، އާދައިގެ ހަކުރު ދޫކޮށްލައި ކެލަރީ ނުހުންނަ ހަކުރަށް ބަދަލުކުރި ކަމުގައި ވިޔަސް އެކަމުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހު ބުނެފި އެވެ.

ޖަރުމަނުގެ ދިރާސާ ޓީމަކުން ބުނި ގޮތުގައި، މީގެ ކުރިން ކޮށްފައިވާ 56 ދިރާސާއަކުން މައުލޫމާތު ނަގައިގެން ކުރި ދިރާސާއިން ދެއްކީ "ނޯ-ކެލަރީ ސްވީޓްނާ" ގެ ފައިދާއެއް ކުރަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ދިރާސާ ޓީމުން ވަނީ ނޯ-ކެލަރީ ސްވީޓްނާ ބޭނުންކުރާ މީހުންނާއި އާދައިގެ ހަކުރު ބޭނުންކުރާ މީހުންގެ ބަރުދަނާއި ލޭގައި ހަކުރު ހުންނަ މިންވަރާއި އަނގައިގެ ސިއްހަތާއި ހިތުގެ ބަލިތަކާއި ކިޑްނީގެ މައްސަލަތައް އަދި މޫޑަށް ބަދަލު އައުން ތަފާތީ ކިހާ ވަރަކަށްތޯ ބަލައިފަ އެވެ.

"މި ސިއްހީ ކަންކަމުގައި، ހަކުރު ނާޅައި ފޮނިރަހަ ލައްވާފައިވާ ހުންނަ އެއްޗެހި ބޭނުންކުރި މީހުންނާއި އެ ބޭނުން ނުކުރާ މީހުންގެ މެދުގައި މާބޮޑު ފަރަގެއް ނެތް،" ޔުނިވަސިޓީ އޮފް ފްރެއިބާގް ތަޖުރިބާކާރެއް ކަމަށްވާ ޖޯގް މީރްޕޮލް ވިދާޅުވި އެވެ.

މި ދެ ބާވަތް ބޭނުންކުރާ ކުޑަކުދިންނަށް ބަލާއިރު، ދެ ގްރޫޕްގެ ދެމެގައި އެއްވެސް ތަފާތެއް ނެތެވެ.

ހަކުރު ނާޅައި ފޮނިރަހަ ލައްވާ ތަކެތިން ލިބޭ ސިއްހީ ފައިދާއެއް މީގެ ކުރިން ކޮށްފައިވާ ދިރާސާއަކުން ދައްކާފައި ވިޔަސް އެއީ ނިސްބަތުން ވަރަށް ކުޑަ ފައިދާއެއްކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޚަރަދުކޮށްގެން ކުރި މި ދިރާސާ މި މަހުގެ ދެ ވަނަ ދުވަހު ބީއެމްޖޭ މެޑިކަލް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.