ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި އެހެން މެމްބަރުންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
25 ޖެނުއަރީ 2018
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާސް އާއި އެހެން މެމްބަރުންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ޖުމުލަ 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ވަނީ ސިއްހީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ ލޮލަށް ގްލުކޮމާ ޖެހި، އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައި ވެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަދީބު އެދިވަޑައިގެންނެވިތާ އެތައް ދުވަހެއް ވީއިރު، ވެސް ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.
އަދީބުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު މިރޭ ވިދާޅުވީ އަދީބުގެ ހާލު ސީރިއަސް ވަމުންދާއިރު ވެސް އެކަށީގެންވާ ބޭސް ފަރުވާއެއް ލިބިވަޑައިނުގަންނަވާތީ އެކަން ހައްލު ކޮށްދިނުމަށް، އެޗްއާރުސީއެމްގެ މެމްބަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
"ބަރާބަރަށް ޑޮކްޓަރަށް ނުދައްކާތީ އެކަން ފާހަގަކުރިން. އަދި އިތުރު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވައި ދިނުމަށް އެހީތެރިވުމަށް އަޅުގަނޑުމެން [އެޗްއާރުސީއެމްގައި] އެދިފައިވާނީ،" އެޗްއާރުސީއެމްގެ މެމްބަރުންގެ އެޕޮއިންޓްމެންޓަކަށް އެދިވަޑައިގެންނެވިތާ އަހަރެއްހާ ދުވަސް ފަހުން ލިބިވަޑައިގެންނެވި ފުރުސަތާ ގުޅޭ ގޮތުން ސިރާޖު ވިދާޅުވި އެވެ.
އަދީބުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެހީތެރިވެ ދެއްވާނެ ކަމުގެ ޔަގީންކަން އެޗްއާރުސީއެމްގެ މެމްބަރުން ދެއްވި ކަން ސިރާޖު ފާހަގަކުރެއްވި އެވެ.
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުކޮށްދޭ ކަމަށް އާއިލާއިން ބުނާއިރު، ސަރުކާރުން ބުނަނީ އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށެވެ.
Adeeb ah ihumaaleh nuvan, hurihaa faruvaa eh ebadhey: Azleen
The most trusted news source in the Maldives
Mihaaru
ސަރުކާރުން ބުނަނީ އަދީބަށް އިހުމާލު ނުވާކަމަށް،
ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ، އަދީބަކީ ދައުލަތުގެ ގިނަ ފައިސާތަކަކަށް ހިޔާނަތްތެރިވެފައިވާ ބޭފުޅަކަށްވާތީ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުއްވައިފި ނަމަ، އެ ހުރިހާ ފައިސާ ދުވަހަކު ވެސް ނުލިބިދާނެ ކަން ރައްޔިތުން އިހްސާސް ކުރާ ކަމަށެވެ.
އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ބަލައި ނުނިމޭ
އެޗްއާރުސީއެމްގެ ބަޔާނާ މެެދު ކަންބޮޑުވަން: ހޯމް މިނިސްޓްރީ
ހުޅުމާލެ ފެސިލިޓީ އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް
88 ޕަސެންޓް މީހުންނަށް ކާބޯތަކެތި ހޯދަން ދަތި
ކޮވިޑް-19:ސިއްހީ އިންތިޒާމުތައް ގިނަ ބަޔަކަށް ނޭނގޭ
ހާލަތު ބަލަން އެޗްއާރުސީއެމުން މައުލޫމާތު އެއްކުރަނީ
ކޮވިޑް-19އާ ގުޅިގެން، ގިނަ މައްސަލަތަކެއް ބަލަނީ
"ޖަލުތަކާ ގުޅޭގޮތުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް"
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން