ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު މާބަނޑު ގިނަ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ނޭނގޭ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
07 މެއި 2020
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ މައުލޫމާތު މާބަނޑު ގިނަ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ނޭނގޭ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ރާއްޖެ އަށް ކޮވިޑް-19 ފެތުރިފައިވާ މި ނުތަނަވަސް ހާލަތުގައި ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، އެ ކޮމިޝަނުން މިދިޔަ މަހު ކުރި ދިރާސާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން 65 ޕަސެންޓް މީހުންނަށް، ޚާއްސަކޮށް މާބަނޑު މީހުންނަށް ހަމަޖައްސައިފައިވާ ސިއްހީ އިންތިޒާމުތަކުގެ މައުލޫމާތު ނޭނގޭ ކަމަށެވެ.
Covid-19: Haalathu dhenegathumah HRCM inn mauloomaath ehkuranee
The most trusted news source in the Maldives
Mihaaru
އެޗްއާރުސީއެމުން ދިރާސާ ފެށުން
އެ އިންތިޒާމުތައް ނޭނގޭ ކަމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ 75 ޕަސެންޓް މީހުން ބުނާއިރު، އެނގޭ ކަމަށް ބުނަނީ 20 ޕަސެންޓް މީހުންނެވެ. އެފަދަ އިންތިޒާމެއް ހަމަޖައްސާފައިވާކަން ނޭނގޭ ކަމަށް އަތޮޅުތެރޭގެ 54 ޕަސެންޓް މީހުން ބުނެ އެވެ. އެނގޭ ކަމަށް ބުނަނީ 28 ޕަސެންޓް މީހުންނެވެ. އެއްވެސް އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށް 11 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ.
ދިރާސާ އަށް މައުލޫމާތު ދިން މީހުންގެ ތެރެއިން 59 ޕަސެންޓް މީހުން ބުނަނީ ދާއިމީ ބަލިތަކުގެ މީހުންނަށް މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތައް ނޭނގޭ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން އެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ނޭނގޭ ކަމަށް 67 ޕަސެންޓް މީހުން ބުނާއިރު އިންތިޒާމުތައް އެނގެނީ 21 ޕަސެންޓް މީހުންނަށެވެ. އަތޮޅުތެރެއިން 46 ޕަސެންޓް މީހުންނަށް އިންތިޒާމުތަކާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށް ބުނާއިރު އެނގޭ ކަމަށް ބުނެފައިވަނީ 35 ޕަސެންޓް މީހުންނެވެ. އަދި އެފަދަ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށް 12 ޕަސެންޓް މީހުން ބުނެ އެވެ.
Maabandu meehun viheumaai doctor ah dhakkan khaassa inthizaam thakeh
The most trusted news source in the Maldives
Mihaaru
މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުމަށް ހާއްސަ އިންތިޒާމްތަކެއް އައިޖީއެމްއެޗުން ހަމަޖެއްސުން
ކޮވިޑް-19 ނޫން އެހެން ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ ފަރުވާ ހޯދާނެ ގޮތެއް 54 ޕަސެންޓް މީހުންނަކަށް ނޭނގެ އެވެ. ރަށުން ނުލިބޭ ސިއްހީ ހިދުމަތާއި އިމަޖެންސީ ފަރުވާ ހޯދުމަށް އަމަލު ކުރަން ޖެހޭ ގޮތް ދިރާސާގައި ބައިވެރިވި 72 ޕަސެންޓް މީހުންނަށް ނޭނގޭ ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ދިރާސާއަށް މައުލޫމާތު ހިއްސާކުރި 52 ޕަސެންޓް މީހުންނަށް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ އިންތިޒާމެއް ވެސް ނޭނގެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ގޮތް ނޭނގޭ ކަމަށް 75 ޕަސެންޓް މީހުން ބުނެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ 81 ޕަސެންޓް މީހުންނަށް އެ މައުލޫމާތު ނޭނގޭއިރު އަތޮޅުތަކުގައި ދިރިއުޅޭ 65 ޕަސެންޓް މީހުންނަށް ވެސް އެނގޭ ކަމަކަށް ނުވެ އެވެ.
ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ އާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތް ވެސް ދިރާސާގައި ބައިވެރިވި 70 ޕަސެންޓް މީހުންނަކަށް ނޭނގެ އެވެ. ދިރިއުޅޭ ރަށުގައި އެ ބައްޔަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް 15 ޕަސެންޓް މީހުން ބުނިއިރު 11 ޕަސެންޓް މީހުން ވަނީ އެއްވެސް ފަރުވާއެއް ލިބެން ނެތް ކަމަށް ބުނެފަ އެވެ.
ދިރާސާއަށް މައުލޫމާތު ދިން 48 ޕަސެންޓް މީހުން ބުނަނީ ރަށްރަށުން ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި 23 ޕަސެންޓް މީހުން ބުނެފައިވަނީ ބޭސް ލިބުމުގައި ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ. މިވަގުތު ބޭސް ހޯދުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ނޭނގޭ ކަމަށް 35 ޕަސެންޓް މީހުން ބުނާއިރު އެނގޭ ކަމަށް ބުނަނީ 29 ޕަސެންޓް މީހުންނެވެ.
އެ ދިރާސާގެ މައްޗަށް ބަލައި އެޗްއާރުސީއެމުން ބުނީ ސިއްހީ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭ ގޮތަށް ގެނެސްފައިވާ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު އާންމުންގެ ގިނަ ބަޔަކަށް ލިބިފައި ނެތް ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ އާއި ބައެއް ރަށްތައް ލޮކްޑައުން ކޮށްފައިވާއިރު އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ގިނަ ހޮސްޕިޓަލްތަކަކުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އޮންލައިންކޮށް ބޭހަށް އެދެވޭނެ އިންތިޒާމު އެސްޓީއޯ ފާމަސީން ހަމަޖެހިފައި ވެ އެވެ
ހުޅުމާލެ ފެސިލިޓީ އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް
އެންގުންތަކަށް ބޯލެނބުމަށް އެޗްއާރުސީއެމުން އެދިއްޖެ
88 ޕަސެންޓް މީހުންނަށް ކާބޯތަކެތި ހޯދަން ދަތި
ހާލަތު ބަލަން އެޗްއާރުސީއެމުން މައުލޫމާތު އެއްކުރަނީ
އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް
އެޗްއާރުސީއެމުން ގާސިމާ ބައްދަލުކޮށްފި
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
މަރީގެ އާއިލާއަށް ލަފާދިނީ ގެއްލުމުގެ ބަދަލު ހޯދަން
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން