08 މެއި 2020
ކޮވިޑް-19 އާ ގުޅިގެން 53 ޕަސެންޓް މީހުންގެ ވަޒީފާ އަށް އަސަރުކޮށް، 88 ޕަސެންޓް މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން 53 ޕަސެންޓް މީހުންގެ ވަޒީފާ އަށް އަސަރުކޮށް، 88 ޕަސެންޓް މީހުންނަށް ކާބޯތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް، 1،091 މީހުންނާއި 33 ކައުންސިލެއް ބައިވެރިކޮށްގެން އެޗްއާރުސީއެމުން ހެދި ދިރާސާގައި ބުނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ 49 ޕަސެންޓް މީހުންނާއި އަތޮޅު ތެރޭގައި އުޅޭ 38 ޕަސެންޓް މީހުންނަށް ކާބޯތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ 16 ޕަސެންޓް މީހުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ 12 ޕަސެންޓް މީހުންނަށް ކޯބޯތަކެތި ނުލިބޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
ކާޑުގެ ބާވަތްތައް ހޯދަން ދަތިކަމަށް 14 ޕަސެންޓް މީހުން ބުނާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ 49 ޕަސެންޓް މީހުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ 36 ޕަސެންޓް މީހުންނަށް ތަރުކާރީ އާއި މޭވާ ހޯދަން ދަތިވެ އެވެ.
ދިރާސާގައި ބައިވެރިވި ދެބައިކުޅަ އެއްބައި ކައުންސިލުން ބުނެފައިވާ ގޮތުގައި، އެއް މަސް ދުވަހަށް ބޭނުންވާ ވަަރަށް ރަށުގައި ކާބޯތަކެއްޗެއް ނެތެވެ. ކާބޯތަކެތި ލިބުން ދަތި ކަމަށް ތިން ކައުންސިލަކުން ވަނީ ބުނެފަ އެވެ.
ދިރާސާގައި ބައިވެރިވި 84 ޕަސެންޓް މީހުން ބުނަނީ ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށެވެ.
ބިދޭސީންނަށް ކާބޯތަކެތި ލިބުން ދަތިކަމަށް 50 ޕަސެންޓް މީހުންނާއި ފަސް ކައުންސިލަކުން ބުނެ އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ 91 ޕަސެންޓް މީހުންނާއި އަތޮޅުތެރޭގައި ދިރިއުޅޭ 87 ޕަސެންޓް މީހުން ބުނެފައިވަނީ ބޯފެން ލިބުމުގައި ދަތިކަމެއް ނޫޅޭ ކަމަށެވެ. އެކަށީގެންވާ ވަރަށް ފެން ރަށްކާ ކޮށްފައި ނުވާ ކަމަށް ބުނެފައިވަނީ ނުވަ ރަށަކުންނެވެ. ނަމަވެސް ރަށް ތަކުގެ ތަފްސީލެއް ރިޕޯޓަކު ނެތެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ 62 ޕަސެންޓް މީހުން މިނެރަލް ވޯޓާ ބޯން ބޭނުންކުރާއިރު، އެ ފެނުގެ އަގު ބޮޑުވެފައިވާ ކަމަށް 18 ޕަސެންޓް މީހުން ވަނީ ބުނެފަ އެވެ. ދިރާސާ އިން އެނގޭ ގޮތުގައި އަތޮޅުތެރޭގެ 58 ޕަސެންޓް މީހުން ބުއިމަށް ބޭނުންކުރަނީ ވާރޭ ފެނެވެ. މިނެރަލް ވޯޓާ ބޭނުންކުރަނީ 25 ޕަސެންޓް މީހުންނެވެ.
ކެއްކުމަށް ބޭނުންކުރާ ގޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް 86 ޕަސެންޓް މީހުން ބުނާއިރު އެ އިންތިޒާމް ހަމަޖެހިފައިނުވާ ކަމަށް 11 ކައުންސިލަކުން ވަނީ ބުނެފަ އެވެ.
ހުޅުމާލެ ފެސިލިޓީ އެބަ ރަނގަޅުކުރޭ: އެޗްއާރުސީއެމް
ކޮވިޑް-19:ސިއްހީ އިންތިޒާމުތައް ގިނަ ބަޔަކަށް ނޭނގޭ
ހާލަތު ބަލަން އެޗްއާރުސީއެމުން މައުލޫމާތު އެއްކުރަނީ
އަދީބުގެ އަނބިކަނބަލުން އެޗްއާރުސީއެމަށް
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ހަބީބް އައްޔަންކޮށްފި
ގުރައިދޫ މަރުކަޒާ ބެހޭ އަޑުއަހަން އުނދަގޫ ވާހަކަތަކެއް
ވީޑިއޯތައް ދައުރުކުރާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އެޗްއާރުސީއެމްގެ މެމްބަރުން ތިބީ ބިރުން: އިދިކޮޅު
ހައްގުތަކުގައި ރާއްޖޭގެ ހާލަތު: އަނިޔާއަށް ހުށަހެޅިފައި
އެޗްއާރްސީއެމްގެ ޓީމެއް ރިހިވެއްޔަށް!