ޒިއުރިކް (ޖެނުއަރީ 26) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ނަހަދާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
26 ޖެނުއަރީ 2018
ޒިއުރިކް (ޖެނުއަރީ 26) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ނަހަދާނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ސްވިޒަލެންޑުގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނާ އެކު ސުލްހައިގެ ވާހަކަތަކައިގެން ކުރިއަށްދާން އިޒްރޭލުން ތައްޔާރަށް އޮތް ކަމަށެވެ. އަދި މަޝްވަރާތަކުގައި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސްވިޒަލެންޑުގައި ނަތަންޔާހުއާ ބައްދަލު ކުރެއްވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލާ އެކު ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިނުވާ ނަމަ ފަލަސްތީނަށް ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
މިދިޔަ މަހު ކުރީކޮޅު ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން އިއުލާންކޮށްފަ އެވެ. އަދި އަންނަ އަހަރު ފަހުކޮޅު ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރަން ނިންމައިފަ އެވެ. ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހެދުމުގެ މަސައްކަތަށް އާ ފޯރިއެއް ލިބިފައި މި ވަނީ ޓްރަމްޕުގެ އެ ނިންމެވުމުގެ ސަބަބުންނެވެ.
ނަތަންޔާހޫ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ހޯދުމުގެ ފުރުސަތު ވެސް ނުދޭނެ ކަމަށެވެ. ދާދި ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރަށް އިޝާރާތް ކުރައްވާ ނަތަންޔާހޫ ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އިޒްރޭލާ އެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެ ގައުމުތަކުން ބޭނުން ވަނީ ޓެރަރިޒަމުގެ ނުރައްކަލުން އިޒްރޭލް ސަލާމަތްވެ އޮތުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ގަތަރަށް ހަމަލާދޭން އެންގީ ގުދުސްގައި ބަޑިޖެހުމުން"
ނަތަންޔާހޫގެ އާދޭސްތަކަށް ވިލާތުން އިޖާބައެއް ނުދިން
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ހަދާނަން: ޓްރަމްޕް
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ސުލްހައިގެ ފައުޖެއް އޮތަސް ހަމަލާދޭނަން: ނަތަންޔާހޫ
ޣައްޒާއަަށް ތުރުކީ ސިފައިން ވައްދަން ދެކޮޅު ހަދައިފި
ޣައްޒާ ސަމިޓުގެ ލީޑަރުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފި
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ބައިވެރިވޭ
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް