05 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން މުޅި ރާއްޖޭގައި މިއަދުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މިިހާރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން މުޅި ރާއްޖޭގައި މިއަދުން ފެށިގެން 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އަބްދުﷲ ޔާމީން މިރޭ އިއުލާން ކުރައްވައިފި އެވެ.
ގާނޫނު އަސާސީ 253 ވަނަ މާއްދާގެ ދަށުން، މިރޭ ރައީސް ނެރުއްވި ގަރާރުގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓަށް ބައެއް ބާރުތައް ލިބިދޭ މާއްދާތައް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ބާރު ލިބިދޭ މާއްދާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ބާރު ލިބިދޭ މާއްދާ ވެސް ވަނީ ހިފަހައްޓައިފަ އެވެ.
މީގެ އިތުރުން ގާނޫނު އަސާސީ އާއި ގާނޫނު މާނަ ކުރުމުގައި އަދި ޝަރީއަތުން ބަލާ މައްސަލަތަކުގައި ފަހު ބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދޭ މާއްދާ އާއި ރައީސްގެ ވަކިކުރަން މަޖިލީހުން ނިންމާ ނިންމުމާ މެދު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބާރު ވެސް ވަނީ އެ ގަރާރުން ހިފަހައްޓައިފަ އެވެ.
އެ ގަރާރުގައި، ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައް ހިފެހެއްޓުމުގެ އިިތުރުން ފަނޑިޔާރުންގެ ގާނޫނުގެ ދެ މާއްދާއަކަށް އަމަލު ކުރުން ހުއްޓާލުމާއި ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ވެސް ވަނީ އެ ގަރާރުގެ ދަށުން ހުއްޓާލައިފަ އެވެ.
- 24 ވަނަ މާއްދާ (ޒާތީ ދިރިއުޅުމުގެ ހައްގު)
-29 ވަނަ މާއްދާ (މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން)
31 ވަނަ މާއްދާ( ހަޅުތާލު ކުރުމުގެ ހައްގު)
-32 ވަނަ މާއްދާ (އެއްވެ އުޅުމުގެ މިނިވަންކަން)
- 43 ވަނަ މާއްދާ (އަދުލުވެރިކަމާ އެކު އިދާރީ ފިޔަވަޅުތައް އެޅުން)
- 44 ވަނަ މާއްދާ (ޝަހްސީ ޒިންމާ)
- 45 ވަނަ މާއްދާ (ގާނޫނާ ޚިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމުގެ ހައްގު)
- 46 ވަނަ މާއްދާ (ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ ބާރު ލިބިދޭ މާއްދާ)
- 47 ވަނަ މާއްދާ (ހިފެހެއްޓުމާއި ފާސް ކުރުމާއި މުދާ އަތުލުމާ ބެހޭ މާއްދާ)
- 49 ވަނަ މާއްދާ (ތުހުމަތު ކުރެވޭ މީހުން ބަންދުން މިނިވަންވުމުގެ ހައްގު)
- 50 ވަނަ މާއްދާ (އަވަހަށް ތަހުގީގުކޮށް، ދައުވާ ކުރުން)
- 58 ވަނަ މާއްދާ (ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފި ނަމަ ބަދަލު ދޭންޖެހޭ ކަމަށް ބުނާ މާއްދާ)
- 65 ވަނަ މާއްދާ (ހައްލު ހޯދުމަށްޓަކައި ދައުވާ ކުރުމުގެ ހައްގު ލިބިދޭ މާއްދާ)
- 12 ވަނަ މާއްދާ (މަތީ ކޯޓެއް އަމުރެއް ނެތި ފަނޑިޔާރަކު ހައްޔަރު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ)
- 14 ވަނަ މާއްދާ (ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން ފަނޑިޔާރަށް އަންގަން ޖެހޭނެ ކަމަށް ބުނާ މާއްދާ)
މީގެ އިތުރުން ހައްޔަރު ކުރުމާއި ތަހުގީގު ކުރުމާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ ޖިނާއީ އިޖްރައާތުގެ ގާނޫނު ވެސް އެ ގަރާރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ، ކޮންމެ ވަގުތެއްގައި ވެސް އެ ގަރާރު އެއްކޮށް ނުވަތަ އެއިން ވަކި ބައެއް ބާތިލް ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. އަދި އެފަދަ ގަރާރާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީގެ 258 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިދެ އެވެ.
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
އިބޫ ހުވާ ކުރައްވާނެ ދުވަސް ސޫމޯޓޯއަކުން ނިންމިދާނެ
12 މެމްބަރުން ރައީސަށް:ތިއޮތީ ކުޑަކަކޫ ޖަހަންޖެހިފައި
ބިލް ތަސްދީގުކޮށްފި، އަނެއްކާވެސް ބޮޑު ބަހުސަކަށް!
ރައީސާ ދެކޮޅު ކޮންމެ ނިންމުމަކީ "ބަޣާވާތެއް"؟
އެންމެ މީހަކަށް ވުރެ ގައުމު މިއޮތީ ކުޑަވެފައި: ޖަމީލް
ގާނޫނުއަސާސީ މިއަދު ބިންމަތީގައި!
ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"