ބްރެސަލްސް (ފެބްރުއަރީ 6) - ޕެރިހުގައި 2015 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ބެލެވޭ ސަލާހު އަބްދުއްސަލާމް ކޯޓުގައި ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.
06 ފެބުރުއަރީ 2018
ބްރެސަލްސް (ފެބްރުއަރީ 6) - ޕެރިހުގައި 2015 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ބެލެވޭ ސަލާހު އަބްދުއްސަލާމް ކޯޓުގައި ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.
ބެލްޖިއަމްގެ ކޯޓަކަށް ސަލާހު އަބްދުއްސަލާމް، 28، ހާޒިރުކޮށް ފަނޑިޔާރު ވަނީ އޭނާ ކޮޅަށް ތެދުވެ ތައާރަފްވުމަށް އަންގައިފަ އެވެ. ނަމަވެސް ސަލާހު ބުނީ އެއްވެސް ސުވާލަކަށް ޖަވާބު ދޭން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑު ހިމޭނުން ހުރުމަކީ އަޅުގަނޑަކީ ކުށްވެރިއަކަށް ވުމެއް ނޫން. އެއީ އަޅުގަނޑުގެ ދިފާއު،" އޭނާ ބުންޏެވެ.
މިއީ ނޮވެމްބަރު 2015 ގައި ދިން ހަމަލާ އަށް ފަހު ސަލާހު އަތުލައިގަތް ފަހުން އޭނާ އާއްމުންގެ ތެރެއަށް ނެރުނު ފުރަތަމަ ފަހަރެވެ. ހަމަލާ ދިންތާ ހަތަރު މަސް ފަހުން ސަލާހު ހައްޔަރު ކުރީ ބެލްޖިއަމުންނެވެ. އޭނާ ކޯޓަށް ހާޒިރުކުރި އިރު މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ދެ މީހުން ކައިރީގައި ތިއްބެވެ.
ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދޭން ދެކޮޅު ހެދި ނަމަވެސް ސަލާހު ވަނީ ކޯޓުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މުސްލިމުންނާ މެދު ކަންތައް ކުރަނީ އެންމެ ގޯސްކޮށް ކަމަށެވެ. އަދި މުސްލިމުންނާ މެދު ހުކުމް ކުރަނީ އެއްވެސް ރަހުމެއް ނެތި ކަމަށެވެ.
"ޝަރީއަތުގެ ކުރިން މީޑިއާ އިން އަޅުގަނޑު ކުށްވެރިކޮށްފި. އަޅުގަނޑާ މެދު ކަލޭމެން ބޭނުން ކަމެއް ކުރޭ،" ފަނޑިޔާރަށް މުޚާތަބްކޮށް ސަލާހު ބުންޏެވެ.
ޝަރީއަތް އަޑުއަހަން ހާޒިރުވި މީހުންގެ ތެރޭގައި ނޮވެމްބަރު 13، 2015 ގައި ޕެރިހުގެ ބަޓަކްލޭން ކޮންސެޓް ހޯލުގައި ދިން ބަޑީގެ ހަމަލާގައި ސަލާމަތްވި ބޮބް ޑި ޒްވާޓް ހިމެނެ އެވެ. ރޮއިޓާސް އަށް އޭނާ ބުނީ ބެލްޖިއަމް ދަތުރުކޮށް ޝަރީއަތް އަޑު އަހަން ކޯޓަށް ވަނީ އަބްދުއް ސަލާމް ދެކިލަން ކަމަށެވެ. ޕެރިހުގައި ދިން ހަމަލާގައި 130 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި އެވެ.
ނީސްގައި ލޮރީން ޖައްސާ މީހުން މަރާލީ ކާކު؟
ޔޫރޯ އަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބަ އޮތް
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
ޑޮކްޓަރަކު ބެހުނު ބަލި މީހުންގެ އަދަދު 300 ގައި
ފްރާންސް އާއިލާ ފޮނުވާލަން ލިޔެކިޔުން އަދިވެސް ނުލިބޭ
އެޗްޓީއެސްއަކީ ޓެރަރިސްޓުންކަމަށް ރާއްޖެއިން ބަލާނެ
ފްރާންސްގެ އާއިލާ ފޮނުވާލަނީ އެ މީހުން އެދިގެން
ވިސާނެތި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ ފުރުވާލަނީ
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ފްރާންސްގެ ސަރުކާރު ވެއްޓި ދާނެކަމުގެ ބިރު