Roadha Mihaaru
ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ: އދ

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ: އދ

09 ފެބުރުއަރީ 2018

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް އދ. ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް އދ. ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ހާލަތު އިއުލާންކޮށް، އޭގެފަހުން ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. އިން އެގޮތަށް ބުނީ ސަލާމަތީ މަޖިލީހުގެ އިއްޔެ ބޭއްވި ބައްދަލުމުގައި، އދ. އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މިރޮސްލާވް ޖެންސާ ކަމަށް އިންޑިއާގެ އެންޑީޓީވީ ނޫހުގައި ބުނެފައިވެ އެވެ.

އެންޑީޓީވީގައި ބުނެފައިވާ ގޮތުން ޖެންސާ ވިދާޅުވެފައިވަނީ މިވަގުތު މާ ބޮޑު ހަމަނުޖެހުމެއް ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ. އެކަމަކު ސަލާމަތީ މަޖިލީހުގެ އެ ބައްދަލުވުމާ ގުޅިގެން ރަސްމީކޮށް އދ. އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކުއްލި ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމާ ގުޅިގެން އދ. އިން މީގެކުރިން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ވެސް އިއްޔެ ވަނީ އެކަމާ ގުޅިގެން ރާއްޖެ އައިސް. އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ރާއްޖޭގެ މަސްރަހާ ބެހޭގޮތުން ފޯނުން ވާހަކަ ދައްކަވައިފަ އެވެ.