10 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އދ. ގައި ރާއްޖެއަށް ކުރިމަތިވި ބޭރުގެ ފިއްތުންތަކުން ވެސް ސަލާމަތްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އދ. ގައި ރާއްޖެއަށް ކުރިމަތިވި ބޭރުގެ ފިއްތުންތަކުން ވެސް ސަލާމަތްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގެ ކުއްލި ހާލަތު އިއުލާންކޮށް، ބައެއް ފަރާތްތައް ހައްޔަރު ކުރުމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އިއްޔެ ބޭއްވި އެވެ. އެކަމަކު އެ ބައްދަލުވުން ބޭއްވީ ސިއްރުންނެވެ. އެ ބައްދަލުވުމާ ބެހޭ އެއްވެސް ތަފްސީލެއް އދ. އިން އަދި ހާމައެއް ނުކުރެ އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރެއާ ހަމައަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ގެންދިޔައީ ރާއްޖެއާ މެދު ފިޔަވަޅެއް އެޅުމާ މެދު މަޝްވަރާ ކުރަމުން ކަމަށެވެ. ރާއްޖޭގެ މައްސަލަ އޮތީ ރަސްމީ އެޖެންޑާގައި ހިމަނާ ހިސާބެއްގައި ކަމަށާއި އެކަމުގައި ވެސް ލިބުނީ ރާއްޖެއަށް ލިބުނީ ނަސްރެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާ އަށް ދިޔަ މީހުން: މި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ހާޒިރުވެ، ރައީސް ޔާމީނަށް އޮތް ތާއީދު ހާމަކުރި.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެހެން ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެންގެ އީމާންކަމާއި އަޅުގަނޑުމެން ތިބީ ތެދުމަގުގައި ކަމަށްވާތީ އެކަން ވެސް ހާސިލް ނުވެ ދިޔައީ. އެކަމުން ވެސް، ޚާރިޖީ ސިޔާސަތުން ވެސް އަޅުގަނޑުމެންނަށް ލިބުނީ ނަސްރު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި ރާއްޖެއަށް އެންމެ ބޮޑު އެހީއެއް ދިނީ ޗައިނާ އާއި ރަޝިއާގެ އިތުރުން ސައުދީ އަރަބިއާ އެވެ. ޗައިނާ އާއި ރަޝިއާ އަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ދެ ގައުމެވެ. ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ގަރާރެއް ވީޓޯކޮށް، ބޭރުކޮށްލުމުގެ ބާރު އެ ދެ ގައުމަށް އޮވެ އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރު އަދި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކުއްލި ހާލަތު އުވާލަން އދ. އާއި ބައެއް ގައުމުތަކުން ކުރިން ވަނީ ގޮވާލައިފަ އެވެ. އަދި އީޔޫގެ ވަފުދެއް އިއްޔެ ވަނީ ރާއްޖެ އައިސް، އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އެހެން ނަމަވެސް އެއްވެސް ގައުމަކުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅެއް ނާޅަ އެވެ.
"1 ފެބްރުއަރީގެ އަމުރު ލިޔުނީ އިންޑިއާ އެމްބަސީން"
މަޝްވަރާ ނުފަށަނީސް އިދިކޮޅާއި ޕީޕީއެމުން ޖެހިއްޖެ
މިއީ ގެންނަން އުޅުނު އެންމެ ނުރައްކާތެރި ބަޣާވާތް
ހާލަތު އުފެއްދި މީހުންނަށް ވެސް އޭގެ ކޮންޓްރޯލެއް ނެތް
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ޔާމީންގެ ކެންޑިޑެސީ މައްސަލަ ކޯޓުން ބަލައިގެންފި
ޔާމީން ހުށަހެޅުއްވި ދެވަނަ މައްސަލަ ވެސް ބަލައެއްނުގަތް
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް