25 ޑިސެމްބަރ 2016
ދަރިފުޅުގެ ކިބާގައި އިނގިލި ބުއިމާއި ނިޔަފަތި ކެއުން ފަދަ އާދައެއް ހަރުލާތީ މައިންބަފައިން ކަންބޮޑުވެ އެވެ. އަނގަ ތެރެއަށް ޖަރާސީމު ގޮސް، ބަލިވެދާނެތީ ބިރު ވެސް ގަންނާނެ އެވެ. އެ އާދަތައް ހުއްޓުވާނެ ގޮތްތަކާ މެދު ވެސް މައިންބަފައިން ވިސްނާ ފިކުރުކުރެ އެވެ.
ދަރިފުޅުގެ ކިބާގައި އިނގިލި ބުއިމާއި ނިޔަފަތި ކެއުން ފަދަ އާދައެއް ހަރުލާތީ މައިންބަފައިން ކަންބޮޑުވެ އެވެ. އަނގަ ތެރެއަށް ޖަރާސީމު ގޮސް، ބަލިވެދާނެތީ ބިރު ވެސް ގަންނާނެ އެވެ. އެ އާދަތައް ހުއްޓުވާނެ ގޮތްތަކާ މެދު ވެސް މައިންބަފައިން ވިސްނާ ފިކުރުކުރެ އެވެ.
ސިއްހީ ތަޖުރިބާކާރުންގެ މެދުގައި ކުރިންސުރެ ވެސް ބަހުސްކުރެވޭ މައުލޫއެއް އޮވެ އެވެ؛ ހަށިގަނޑު ތެރެއަށް ގިނައިން ޖަރާސީމު ވަންނަ ނަމަ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ދިފާއީ ނިޒާމަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބުމެވެ. އެކަމަކު އެކަން މުޅިން ކަށަވަރުކުރެވޭ ވަރުގެ ހޯދުންތަކެއް އަދި ނެތެވެ.
އިނގިލި ބޯ ކުދިންނާއި ނިޔަފަތި ކާ ކުދިންނާ ބެހޭ ގޮތުން މި އަހަރު ނެރުނު އާ ދިރާސާއެއްގައި، ހިތްހަމަޖައްސާލެވިދާނެ ބައެއް ހޯދުންތައް ހުއްޓަސް އޭގެ މާނަ އަކީ އެ އާދަތަކާ މެދު ކަންބޮޑު ނުވުމެއް ނޫނެވެ. އެކަމަކު އެ އާދަތަކުން ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ކުދިންގެ ހަށިގަނޑަށް ލިބޭ ކަމެވެ.
އެ ދިރާސާ އިން ދެއްކީ އިނގިލި ބޯ އަދި ނިޔަފަތި ކާ ކުދިން ބޮޑުވުމުން، އެއްޗިއްސަށް އެލާޖިކް ވާ މިންވަރު، އެ އާދަތައް ނެތް ކުދިންނަށް ވުރެ ކުޑަ ކަމެވެ.
"ކުޑައިރު ހިރަފުހާއި ޖަރާސީމަށް ކުއްޖާ ހޭނިއްޖެ ނަމަ އެ ކުއްޖަކަށް ފަހުން އެލާޖީގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ ކުޑަވާކަމަށް ބުނާ ތިއަރީ އަށް މި އާ ހޯދުމުން ބާރު ލިބޭ،" ކެނެޑާގެ މެކްމެސްޓާ ޔުނިވަސިޓީގެ ޕްރޮފެސަރު މެލްކޮމް ސިއާސް ވިދާޅުވި އެވެ.
އެކަމަކު އެފަދަ އާދަތަކުގެ ތެރެއަށް ދަރިން ދޫކޮށްލާކަށް ސައިންސްވެރިންނެއް ނުބުނެ އެވެ. އެ މީހުންގެ ޕޮއިންޓަކީ ހުރިހާ ޖަރާސީމަކުން މުޅިން ސާފުކޮށްފައި އޮންނަ މާހައުލެއްގައި ދަރިން ބޮޑުކުރުން ވެސް ކޮންމެހެން މުހިންމު ނޫން ކަމެވެ. އޭގެ ބަދަލުގައި ބައެއް ކަހަލަ ޖަރާސީމުތައް ހަށިގަނޑަށް ދިއުމުގެ ފައިދާ ކޮންމެވެސް ހިސާބެއްގައި ލިބުމުގެ ފުރުސަތު އޮތް ކަން އެނގުމަކީ ވެސް ރަނގަޅެކެވެ.
ދިރާސާގައި ބައިވެރިކުރި އުމުރުން 5،7،9،11 އަހަރުގެ ނިއު ޒިލެންޑްގެ 1000 ކުދިންގެ އާދަތައް ހުރި ގޮތާއި އެއިން ރަނގަޅު އަދި ނޭދެވޭ އަސަރުތައް ކުރާ މިންވަރު ދެނެގަތުމަށް ދިގު މުއްދަތެއް ހޭދަކުރި އެވެ. ފަސޭހައިން އެލާޖީވާ މިންވަރު ކުދިންގެ އުމުރުން 32 އަހަރު ވަންދެން ވެސް ބަލާފައިވެ އެވެ.
ކުޑަކުއްޖަކު ނިޔަފަތި ކަނީ: މައިންބަފައިން ކަންބޮޑުވާ އާދައެއް
ދިރާސާގައި ބައިވެރިކުރި ކުދިންގެ ތެރެއިން 31 ޕަސެންޓް ކުދިންނަށް ނިޔަފަތި ކެއުމާއި އިނގިލި ބުއިން ފަދަ އަނގަޔަށް އަތްލުން އޮތީ އާދަޔަކަށް ވެފަ އެވެ. އެކަމަކު މި ކުދިންގެ އުމުރުން 13 އަހަރަށް އަޅާއިރު އެލާޖީގެ ބައެއް މައްސަލަތައް ކުރިމަތިވި މިންވަރު އެ އާދަ ނެތް ކުދިންނަށް ވުރެ ތިން ބައި ކުޅަ އެއް ބައި ދަށެވެ.
ތުއްތުއިރު އެންޓިބަޔޮޓިކް ދިނުމުން އެލާޖީގެ މައްސަލަ ބޮޑުވޭ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް
ޕްލާސްޓިކް ފަޔާ އެކު ޝަވަން އަށް ހިނިތުންވުން
ޓްރީ ޓޮޕުން ކުޑަކުދިންގެ ހެލްތު ސްކްރީން ކުރާ ޕެކޭޖު
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދެ ބޭހަކުން ސިއްހަތަށް ނުރައްކާވާތީ ސަމާލުވާން އެދެފި
މަރީގެ އާއިލާއަށް ލަފާދިނީ ގެއްލުމުގެ ބަދަލު ހޯދަން
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް