Roadha Mihaaru
ގުޅުން ބަދަހިކުރުމަށް އިންޑިއާ ސަފީރު މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ސަފީރާ އެކު މަޝްވަރާކޮށްފި

15 ފެބުރުއަރީ 2018

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ފޮރިން ސެކެޓްރީ އަހުމަދު ސަރީރާއި ރާއްޖެއަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާމިއަދު މަޝްވަރާކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުން ފޮރިން ސެކެޓްރީ އަހުމަދު ސަރީރާއި ރާއްޖެއަށް އިންޑިއާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާމިއަދު މަޝްވަރާކުރައްވައިފި އެވެ.

ސަފީރު އަކިލޭޝް މިޝްރާ އާއި ރާއްޖޭގެ ފޮރިން ސެކެޓްރީ ސަރީރު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ފޮރިން މިނިސްޓްރީގެ ޓްވީޓް

ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރިއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޯނުން ގުޅުއްވައި، ވާހަކަ ދައްކަވައިފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅުވައިގެން އިންޑިއާ އަށް ސީރިއަސް ތުހުމަތުތަކެއް ވެސް، ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ބުނެ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ލީޑަރު ދާދިފަހުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާ ސިފައިން ރާއްޖެ ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.